ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ކުންފުނީގެ، ތިރީގައިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: ކުކް
ބޭނުންވާ އަދަދު: 1 (އެކެއް)
ކޮންޓްރެކްޓް މުއްދަތު: 9 (ނުވައެއް) މަސްދުވަސް
އަސާސީ މުސާރަ: 7710.00 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: އެމް. ޓީ. އަލިހުރަސް
އެހެނިހެން ޢިނާޔަތްތައް:
- ފިކްސްޑް އޯވަޓައިމް އެލަވަންސް: 3855.00 ރުފިޔާ
- ޓޭންކަރ އެލަވަންސް: 1156.50 ރުފިޔާ
- ލީވް ވޭޖަސް: 7710.00 ރުފިޔާ (ކޮންޓްރެކްޓް ފުރިހަމަކުރުމުން)
- ޕެންޝަން: ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެމަތީން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
- ކެއުން ތައްޔާރުކުރުން.
- ބޯޓުފަހަރުގެ ކެއުމުގެ ކަންތައް ހަމަޖެއްސުން.
- ކެއުމަށް ހަމަޖެހިފައިވާ ސަރަޙައްދު ސާފުތާހިރުކޮށް ބެލެހެއްޓުން.
ތަޢުލީމާއި ތަޖުރިބާ:
- އޮއިލް ޓޭންކަރ ފެމިލަރައިޒޭޝަން ސެޓްފިކެޓް/ ކޮންޓިނިއުއަސް ޑިސްޗާޖް ސެޓްފިކެޓް / ޕަރސަނަލް ސޭފްޓީ އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީ ސެޓްފިކެޓް/ ފަޔަރ ޕްރިވެންޝަން އެންޑް ފަޔަރ ފައިޓިންގސެޓްފިކެޓް/ ފުލެގް ސްޓޭޓް އެންޑޯސްމަންޓް ސެޓްފިކެޓް/ ޕާސަނަލް ސޭފްޓީ އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީ ސެޓްފިކެޓް / ޕާސަނަލް ސާވައިލެންސް ޓެކްނިކްސް ސެޓްފިކެޓް
- މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން ތިންއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 7 ވާ ހޯމަދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުންމި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ، ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
- މި މަޤާމަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
- އިންޓަރވިއުއަ ށްކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް/މެޑިކަލް ރިޕޯޓް/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344272ފެކްސް: 3344041 ވެބްސައިޓް: www.stomaldives.com
18 ޞަފަރު 1437