ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-A/374/2026/02
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި:
08 ފެބުރުވަރީ 2026 20:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ މާލީ ރިޕޯޓާއި އަހަރީ ރިޕޯޓް ރައްޔިތުންނާއި ޙިއްސާކުރުން.
ޤާނޫނު ނަމްބަރު: 7/2010 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 107 ވަނަ މާއްދާގައިވާ ގޮތުގެމަތިން 2025 ވަނަ އަހަރުގެ މާލީ ރިޕޯޓާއި އަހަރީ ރިޕޯޓް ރައްޔިތުންނާއި ޙިއްސާކުރުމަށް ބާއްވާ ބައްދަލުވުން 2026 ފެބްރުވަރީ 08 ވަނަ ދުވަހުގެ ރޭ 8:30 ގައި ފ. ނިލަންދޫ ގޮމަވަތީ ގައި ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ.
މި ބައްދަލުވުމުގައި 2025 ވަނަ އަހަރުގެ މާލީ ރިޕޯޓާއި އަހަރީ ރިޕޯޓާއި ބެހޭގޮތުން ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުންވެސް އޮންނާނެއެވެ.
ވީމާ، މި ބައްދަލުވުމަށް ވަޑައިގެންދެއްވުންއެދި، ނިލަންދޫ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
13 ޝައުބާން 1447
01 ފެބްރުވަރީ 2026
01 ފެބުރުވަރީ 2026