|
މަޤާމުގެ ނަން:
|
އެސިސްޓެންޓް ސިވިލް އޮފިސަރ
|
|
ބޭނުންވާ އަދަދު:
|
01
|
|
މަޤާމުގެ ޤިންތި:
|
ދާއިމީ
|
|
ރޭންކް:
|
ސީ 2
|
|
ކްލެސިފިކޭޝަން:
|
އޮޕަރޭޝަނަލް ސިވިލް އޮފިސަރސް
|
|
މުސާރަ:
|
މަހަކު 5,400.00 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
މަހަކު 3,500.00 ރުފޔާ
|
|
ނޮން ޕްރެކްޓިސް އެލަވަންސް:
|
މަހަކު 2,430.00 ރުފިޔާ
|
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ޕްރޮކިއުމަންޓް ސެކްޝަން/ އެޗް.ކިއު
|
|
ފެންވަރު ނުވަތަ ޝަރުތު:
|
މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- 'މަތީ ސާނަވީ' އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއި އެކު 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
- 'ސާނަވީ' އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއި އެކު ، ސެކަންޑަރީ ސްކޫލްސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
- މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 40 (ސާޅީސް) އަހަރު ނުވާ މީހަކު ކަމުގައިވުން.
- ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- މި ސަރވިސްއިން ޓެންޑަރ ނުވަތަ ބިޑް މަރުޙަލާގެ ތެރެއިން ކުރެވޭ މަސައްކަތްތައް އަދާ ހަމަކޮށް ބެލެހެއްޓުން.
- ޕާރޗޭސިން އޮފިސަރގެ އެންމެހައި ޒިންމާއާއި މަސްޢޫލިއްޔަތުތައް އަދާކުރުން
- ދައުލަތުގެ މުދަލާއި ފައިސާ ހޭދަކުރެވޭ ގޮތާއި ގުޅިގެން ހުށަހެޅޭ އެކިއެކި މައްސަލަތަކަށް ޖަވާބުދާރީ ވުން.
- ހޯދޭ މުދަލާއި ޚިދުމަތުގެ ރިކޮންސިލިއޭޝަން ހެދުމަށް އެހީތެރިކަން ފޯރުކޮށް ދިނުން
-
|
|
މަޤާމާއި ގުޅޭ ދާއިރާ:
|
- އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް، ސްޓެޓިސްޓިކްސް، ފައިނޭންސް ދާއިރާތަށް.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
|
- އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:
|
- ތަޢުލީމީ ފެންވަރު
- މަސައްކަތު ތަޖުރިބާ
- މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް
(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ރޭޑިއޯ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ )
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީ
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
- ޕޮލިސް ރިޕޯޓް (03 މަސްދުވަސް ހަމަނުވާ)
|
|
ސުންގަޑި:
|
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާ އެކު 09 ވާ ހޯމަ ދުވަހުގެ 15:00 ނިޔަލަށް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
- ·ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
- މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.
|
|
އިތުރު މަޢުލޫމާތު ސާފުކުރުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.
|
|
(އިޢުލާނާ ގުޅިގެން ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓްގައި، އެއް ފައިލެއްގެ ގޮތުގައެވެ.)
|