ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ނޮވެމްބަރ ކެމްބްރިޖް އިންގްލިޝް (ސީ.ޕީ.އީ) އިމްތިޙާނުގެ ނަތީޖާ 2025 ޖެނުއަރީ 25 އިން ފެށިގެން މިޑިޕާޓްމަންޓުން ދޫކުރަމުން ގެންދެއެވެ.
މި ޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނު ހެދި ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާނަމަ، އެކަމަށް އެދޭ ފޯމު (ސާރވިސް ރިކުއެސްޓް ފޯރމް) ފުރިހަމަ ކުރުމަށްފަހު، 2025 ފެބްރުއަރީ 11 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ހުށައެޅުން އެދެމެވެ. ސާރވިސް ރިކުއެސްޓް ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އޮންލައިން ކޮށް އެޕްލިކޭޝަން ފުރާނަމަ މެއިލް ކުރާނީ [email protected] އަށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.
ނަތީޖާ އަދި ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:00 އަށެވެ. ފޯމާއި އެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ޑިޕާޓްމަންޓްގެ ރިސެޕްޝަން 3041313 ނުވަތަ ހޮޓްލައިން 7957373 އަށް ގުޅުއްވުން އެދެމެވެ.