ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު (IUL)307/INDIV/2026/4 ގެ ދަށުން ކުރެވުނު އިޢުލާނުގައި މައްސަލަތަކެއް ހުރުމާއެކު އެ އިޢުލާންބާޠިލުކޮށްތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރ. އިންނަމާދޫ ހުކުރު މިސްކިތް (މަސްޖިދުލް ތަޢާވުން)ގެ އޭސީތައް ސާރވިސް ކޮށް، ހަލާކުވެފައިވާ އެސީތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކުރަމެވެ.
ކުރަންޖެހޭ މަސައްކަތް:
- މަޖިސުލް ތަޢާވުން (ހުކުރު މިސްކިތުގައި) ހަރުކުރެވިފައިވާ 24000 ބީޓީޔޫގެ 06 (ހައެއް) އޭސީ ސާރވިސް ކުރުން
- މަސްޖިދުލް ތަޢާވުން (ހުކުރު މިސްކިތުގައި) ހަރުކުރެވިފައިވާ އޭސީތަކުގެ ތެރެއިން ސާރވިސް ކުރެވޭވަރަށްވުރެ ބޮޑަށް ހަލާކުވެފައިވާ 07 (ހަތެއް) އޭސީ ނަގައި އައު އެސީއާއި އައުޓްޑޯ ހަރުކޮށް ޓެސްޓް ކުރުން
- އޭސީތައް ސަރވިސް ކުރާއިރު ގޭސް އަޅަންޖެހޭ ކަން ފާހަގަ ކުރެވިއްޖެނަމަ ގޭސް އަޅާ ހަމަކުރުން
- އެއްވެސް ލީކެއް އުޅޭކަން ފާހަގަ ކުރެވިއްޖެނަމަ އެކަން ޙައްލުކޮށް ރަނގަޅު ކުރުން.
- އޭސީ ތަކުގެ ޑްރެއިން ހޮޅި ބިމުން މައްޗައް 4 އިންޗި ހުންނަގޮތައް ގުޅާ ފާރަށް ހަރުކުރުން
- މީގެ އިތުރުން އޭސީތަކުން އިތުރު މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ އެ މައްސަލައެއް ހައްލު ކުރުން
ސަމާލު ކަންދޭންޖެހޭ ކަންކަން:
- ފަރުޟު ނަމާދުގެ ޖަމާޢަތަށް ޚާއްޞަ ކުރެވިފައިވާ ވަގުތުގައި (ނަމާދަށް ބަންގި ގޮވުމުގެ 20 މިނެޓު ކުރިން ފެށިގެން ސަލާމް ދިނުމަށްފަހު 20 މިނެޓުގެ ވަގުތު) ގައި މިސްކިތުގައި އެއްވެސް މަސައްކަތެއް ނުކުރުން.
- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގެ ސާފު ތާހިރުކަން ނުގެއްލޭ ގޮތަށް މަސައްކަތް ކުރުން
- މިސްކިތަށް ނަމާދަށް އަރާފައިބާ މީހުންނަށް ދަތި ނުވާނެ ގޮތަށް މަސައްކަތް ކުރުމާއި ތަކެތި ބެހެއްޓުމާއި އަދި ތަކެތި ގެންގުޅުން
- މިސްކިތު އެތެރެއަށް އެޅޭ ކުންޏާއި ހިރަފުސް ފަރުޟު ނަމާދުތަކަށް ބަންގި ގޮވުމުގެ 20 މިނެޓު ކުރިން ސާފުކުރުން
- މަސައްކަތް ނިންމާ، މަސައްކަތް ކުރަން ބޭނުންކުރި ތަކެތިނަގާ ރީތިކޮށް ސާފުކޮށް ތަރުތީބު ކުރުން.
- މަސައްކަތް ކުރުމުގެ ތެރޭގައި ލިބޭ ގެއްލުމުގެ ޒިންމާވުން.
މަސައްކަތަށް ބޭނުންވާ ތަކެތި:
- މި މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް ހޯދާނީ މަސައްކަތް ކުރުމަށް ހަވާލުކުރެވޭ ފަރާތުންނެވެ.
- މަސައްކަތަށް ބޭނުންވާ ކަރަންޓް، ފެން އަދި ބަދަލުކުރުމަށް ބޭނުންވާ 07 (ހަތެއް) އޭސީ ކައުންސިލުން ފޯރުކޮށް ދެވޭނެއެވެ.
އެހެނިހެން ބައިތައް:
- މި މަސައްކަތަށް ހުށައަޅާ އަގު 35,000 (ތިރީސް ފަސްހާސް ރުފިޔާ) އަށްވުރެ ބޮޑުވެގެން ނުވާނެއެވެ.
- މި މަސައްކަތަށް ހުށައަޅާ ކޮޓޭޝަންގައި މި މަސައްކަތް ފުރިހަމަކޮށް ނިންމޭނެ މުއްދަތު ހިމަނަންވާނެއެވެ.
- ކޮޓޭޝަންތައް އިވެލުއޭޓް ކުރުމުގައި މަސައްކަތުގެ އަގަށް %90، ހުށައަޅާ މުއްދަތަށް އަދި މަސައްކަތުގެ ތަޖުރިބާއަށް ގެ މަގުން މާކްސް ދެވޭނެއެވެ.
- މި މަސައްކަތް ހަވާލުކުރެވޭނީ އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބޭ ފަރާތަކާއެވެ.
- މި މަސައްކަތަށް ކޮޓޭޝަން ހުށައެޅޭނީ ތިރީގައި މިވާ ފަރާތްތަކަށެވެ.
- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް.
- ކުލަބު ޖަމުއިއްޔާތަކަށް.
- ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ކޮމެޓީތަކަށް.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 04 ފެބްރުއަރީ 2025 ވާ ބުދަ ދުވަހުގެ 13:00 ގައި މަސައްކަތްކޮށްދެވޭނެ އަގަކާއި މުއްދަތު ބަޔާންކޮށް މި އިދާރާއަށް ދުރުވެ ކޯޓޭޝަނެއް ހުށައެޅުއްވުން އެދެމެވެ. އަދި ކޯޓޭޝަނާއެކު ހުށަހަޅާ ފަރާތުގެ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ، ހުށަހެޅުއްވުން އެދެމެވެ. ހުޅައަޅާ ކޮޓޭޝަންގައި މި މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ހުށައަޅާ މުއްދަތު ހިމަނާފައިނުވާ އެންމެހާ ކޮޓޭޝަންތައް ބާތިލުކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.