ބީލަން
ނަންބަރު: 60-PRO/2026/48
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 17:21
ސުންގަޑި: 05 ފެބުރުވަރީ 2026 11:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
Tender Notice

މ. މުލަކު ގައި މޮޑިއުލަރ ފިއުލް ސްޓޭޝަނެއް ޤާއިމް ކުރުމަށް ބޭނުންވާ އިމާރާތް ކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް

މ. މުލަކު ގައި މޮޑިއުލަރ ފިއުލް ސްޓޭޝަނެއް ޤާއިމް ކުރުމަށް ބޭނުންވާ އިމާރާތް ކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިއުލާން  ނަންބަރު ގެ ދަށުން ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

 

މަސައްކަތުގެ ވެރިފަރާތް:

 

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

 

ރަޖިސްޓްރީ ކުރާ

ފަރާތްތަކުގައި

ހުންނަންޖެހޭ ޝަރުތުތައް:

                      

  • ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތަކީ ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، 500،000.00ރ (ފަސް ލައްކަ ރުފިޔާ) އަށް ވުރެ ކުޑަ ނޫން ކޮންކިރިޓް މަސައްކަތެއް ކޮށްފައިވާ ފަރާތަކަށްވުން.
  • ތަޖުރިބާ ހުރިކަމަށް ބެލެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ހަވާލާދޭ ސިޓީ (ޕޮސިޓިވް ރިފަރެންސް) ހުށަހެޅުމުންނެވެ. އަދި ތިޔަފަރާތުން ކުރިން ކޮއްފައިވާ މަސައްކަތް ކަށަވަރު ކުރުމަށްޓަކައި އެސްޓީއޯއިން ބޭނުންވެއްޖެ ހިނދެއްގައި ކޮށްފައިވާ މަސައްކަތްތަކުގެ  އިތުރު މައުލޫމާތު ހޯދިދާނެއެވެ.
  • ހަވާލާދޭ ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަނަމަ، ސިޓީއާއެކު އެ މަސައްކަތަށް ބާރުއަޅާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީ ބަލައި ނުގަނެވޭނެއެވެ. ހުށަހަޅާފައިވާ ސިޓީ އަދި ބާރުއަޅާ ލިޔެކިޔުން ތަކުން މަސައްކަތުގެ ތަފްސީލު އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ އެ ސިޓީ ބަލައިނުގަތުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އެސްޓީއޯ އަދި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގައި ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ވެގެން ނުވާނެ އެވެ.
  • ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އިކޮނޮމިކް މިނިސްޓްރީ އަދި މީރާގައި ޑިބާރޑް ނުވަތަ ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ވެގެން ނުވާނެ އެވެ.

 

 

 

ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ލިޔެކިއުން:

 

  • ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ރެޖިސްޓްރޭޝަންކޮޕީ
  • ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ހިއްޞާދާރުންގެ އައި.ޑީ.ކާޑް ކޮޕީ
  • ކުންފުނީގެ ހިންގާ ޤަވާއިދު
  • ކުންފުނީގެ އަސާސީ ޤަވާއިދު
  • ޖީ.އެސް.ޓީ ސެޓްފިކެޓް
  • ކުންފުނީގެ ޕްރޮފައިލް – އިކޮނޮމިކް މިނިސްޓްރީގެ ކޮމްޕެނީ ޕްރޮފައިލް ޝީޓް
  • ބޭންކް ތަފްސީލު – ބޭންކް އެކައުންޓް ނަމްބަރާއި ނަން އެނގޭ ލިޔެކިއުމެއް
  • ކުރިން ކޮށްފައިވާ މި ބާވަތުގެ މަސައްކަތް ނިންމިކަމުގެ ހަވާލާދޭ ސިޓީ

 

 

 

ރަޖިސްޓަރީ ކުރުން:

 

ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 05 ފެބްރުއަރީ 2025ވާ ބުރާސްފަތި ދުވަހު 11:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓަރ ކުރަންވާނެއެވެ.

[email protected]

 

*ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބީލަން ކަރުދާސް ފޮނުވޭނެއެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

 ފޯނު: 3012496

 އީމެއިލް: [email protected]

 

 
29 ޖަނަވަރީ 2026