ކުއްޔަށް ހިފުން
ނަންބަރު: PRC-MPL/IUL/2026/19
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 08 ފެބުރުވަރީ 2026 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުން ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހދ. ކުޅުދުއްފުށިން އިމާރާތެއް ކުއްޔަށް ހިފުމަށް އަލުން ހުޅުވާލުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1.  ބީލަމާއި ބެހޭ މަޢުލޫމާތު: 

    މިކުންފުނީގެ ފަރާތުން ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހދ. ކުޅުދުއްފުށިން އިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު އިޢުލާން ނަންބަރު: PRC-MPL/IUL/2026/10 (18 ޖަނަވަރީ 2026) އާއި ގުޅިގެން ތަނެއް ކުއްޔަށް ދޫކުރުމަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ މިދެންނެވި އިޢުލާން ބާތިލްކޮށް ތިރީގައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

    ވީމާ، މިއިޢުލާނާ އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް، "ބީލަމަށް އަގު ހުށަހަޅާ ފޯމް" އާއެކު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުން:

ތާރީޚް:

08 ފެބުރުވަރީ 2026

ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ރަސްމީ ދުވަހުއެވެ.

އެޑްރެސް/ތަން:

ގ. ޖަވާހިރުއައްސޭރި 9ވަނަ ފަންގިފިލާ އަދި ހދ. ކުޅުދުއްފުށި ޕޯސްޓް އޮފީސް.

ގަޑި:

14:00

2ބީލަމާއި ގުޅުންހުރި މުހިންމު މަޢުލޫމާތު:

  • ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 05 ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • 3009292 – ޕްރޮކިއުމަންޓް ޔުނިޓް
  • [email protected]
29 ޖަނަވަރީ 2026