ދިވެހިރާއްޖެ
ނަންބަރު: S2C-B2/2026/17
އިޢުލާން
މިލްކުވެރިކަން:
ސ.ހިތަދޫ "ނޫރުމަންޒިލް" އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި އެގޯތީގައިވާ ނުއުފުލޭ މުދަލުގެ މިލްކުވެރިކަމާ މެދު ދަޢުވާކުރާ ފަރާތެއް ވާނަމަ 07 (ހަތެއް) ދުވަހުގެ ތެރޭގައި ލިއުމަކުން އެކަން މިކޯޓަށް ހުށަހެޅުމަށް ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
8 ޝަޢުބާން 1447
27 ޖަނަވަރީ 2026