ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2015/75
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 20 ޑިސެންބަރު 2015 14:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤުރްއާން މުދައްރިސް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ކީރިތި  ޤުރްއާނާބެހޭ  މަރްކަޒުން  2016  ވަނަ  އަހަރު  އޯޓިޒަމް  ކުދިންނަށް  ކީރިތި  ޤުރްއާން  ކިޔަވައިދޭނެ  ޚާއްޞަ  ޕްރޮގްރާމެއް  ހިންގުމަށް  ވަނީ  ނިންމާފައެވެ.  ވީމާ،  މި  ޕްރޮގްރާމުގައި  ޤުރްއާން  ކިޔަވައިދޭނެ  ވަގުތީ  ޤުރްއާން  މުދައްރިސުން  ބޭނުންވެއެވެ.

މުސާރަ:  ނަގައިދޭ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

މަޤާމުގެ ޝަރުޠު:

1. ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛

2. ޤުރްއާން މުދައްރިސްކަމުގެ އެޑްވާންސް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3. ޤުރްއާނާބެހޭ މަރްކަޒުންދޭ ޓެސްޓާއި އިންޓަވިއުއިން ފާސްވުން.

މުއްދަތު: 1 އަހަރުދުވަސް

ސުންގަޑި: 

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 20 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ތަޖުރިބާގެ ލިޔުން، ޤުރްއާނާބެހޭ މަރްކަޒަށް ސިޓީއަކާއެކު ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

- މިކަމަށް ހޮވޭ ފަރާތްތަކަށް، އޯޓިޒަމް ކުދިންނަށް ކިޔަވައިދިނުމުގެ ހުނަރު ދަސްކޮށްދެވޭނެއެވެ.

- މުދައްރިސުން ހޮވުމުގައި، ކިޔަވައިދިނުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި، ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކަނޑައަޅާ ގަޑިތަކުގައި ހާޒިރުވެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

14 ޞަފަރު 1437

26 ނޮވެންބަރު 2015