ދިވެހިރާއްޖެ
ތިލަފުށި ކޯޕަރޭޝަނުން ކ. ތިލަފުށި ވީ.އައި.ޕީ ހާބަރ ރިޕެއަރ ޕްރޮޖެކްޓްގެ ދަށުން ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އިޢުލާން TCL/PROC-TA/2015/033 ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
- ވީ.އައި.ޕީ ހާބަރ އެއްގަމު ތޮށީގެ ހަލާކުވެފައިވާ ގާތްގަނޑަކަށް 33 މީޓަރުގެ ސެކްޝަން މަރާމާތުކޮށް، ރޭނުން އަދި އެކީވޯލްގެ އެއްސެކްޝަނުގައި ޕްލާސްޓަރު އެޅުން.
- ކޮމަރޝަލް ހާބަރގެ ބޭރު ތޮށީގެ ހަލާކުވެފައިވާ ކީވޯލްގެ ބައެއް މަރާމާތުކޮށް ރޭނުން.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ތަފުސީލު |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
ބީލަންފޮތް ބޭނުންވާ ފަރާތްތައް ނޯޓްކުރުން |
ޓީސީއެލް ހެޑްއޮފީސް |
04 ދުވަސް (ރަސްމީ) |
06 ޑިސެންބަރު 2015 އިން 09 ޑިސެންބަރު 2015 އަށް |
09:00 އިން 15:00 |
ބީލަންފޮތް ދޫކުރުން |
ޓީސީއެލް ހެޑްއޮފީސް |
ބުރާސްފަތި |
10 ޑިސެންބަރު 2015 |
10:00 އިން ފެށިގެން |
ޕްރީ ބިޑް މީޓިންގ އަދި ސައިޓު ބެލުން |
ޓީސީއެލް ހެޑްއޮފީސް |
އާދީއްތަ |
20 ޑިސެންބަރު 2015 |
10:30 ގައި |
ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން |
ޓީސީއެލް ހެޑްއޮފީސް |
އާދީއްތަ |
27 ޑިސެންބަރު 2015 |
10:30 ގައި |
- ބީލަންފޮތުގެ އަގަކީ -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) އެވެ.
- ބީލަން ހުށަހަޅާއިރު މަދުވެގެން -/50,000ރ. (ފަންސާސް ހާސް ރުފިޔާ)ގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ.
- ބިޑް ކާމިޔާބު ކުރައްވާ ފަރާތުން ބޭންކް ގެރެންޓީއެއް ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ % 15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާގޮތަށް އެޑްވާންސް ފައިސާ ހަމަޖައްސައިދެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލެވެ.
- ހުށަހަޅާފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
21 ޞަފަރު 1437