މަސައްކަތް
ނަންބަރު: (IUL)342/INDIV/2026/5
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 10 ފެބުރުވަރީ 2026 13:30
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާނު ހިމެނޭ ޝަރަޙައްދާއި އާޝާރީ މިސްކިތާއި ބައްތިމަގު ކުނިކާހާ ސާފުކުރުމާ ބެހޭ:

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

ގަބުރުސްތާނު ހިމެނޭ ޝަރަޙައްދާއި އާޝާރީ މިސްކިތާއި ބައްތިމަގު ކުނިކާހާ ސާފުކުރުމާ ބެހޭ:

މިރަށުގެ ގަބުރުސްތާނު ހިމެނޭ ޝަރަޙައްދުތަކާއި އާސާރީ މިސްކިތާއި އަދި ބައްތި މަގު ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ސައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • މި މަސައްކަތާއި ގުޅިގެން މަޢުލުމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް ޙާއްސަކޮށްގެން ބާއްވާ ބައްދަލުވުން 04 ފެބުރުވަރީ 2026 ވާ ބުދަ ދުވަހުގެ 13:15ގައި މި ކައުންސިލްގައި އޮންނާނެއެވެ.   
  • މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބައްދަލުވުމުގައި ހިއްސާ ކުރެވޭނެއެވެ.
  • މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 8 ފެބުރުވަރީ 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.
  • މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ އަގު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ކޯޓޭޝަން ހުށައެޅުން

 

  • އަންދާސީ ހިސާބު ބަލާގަތުމާއި ހުޅުވުން އޮންނާނީ 10 ފެބުރުވަރީ 2026 ވާ އަންގާރަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ކޯޓޭޝަން ބަލައިނުގަނެވޭނެއެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                        9 ޝަޢުބާން 1447

                      28 ޖަނަވަރީ 2026                 

28 ޖަނަވަރީ 2026