ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)255/255/2026/05
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 04 ފެބުރުވަރީ 2026 11:30
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރްއާން މުދައްރިސް ބަހައްޓާއިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިއިދާރާގެ ނަމްބަރު : (IUL)255/255/2026/03 (11 ޖެނުއަރީ 2026) އިޢުލާން ގައިވާ ޤުރްއާން މުދައްރިސްގެ ހުރުމާއި ކެއުން ހަމަޖައްސަވައި ދިނުމުގެ މަސައްކަތު އަގު ކައުންސިލް އިދާރާއިން ކަނޑައަޅާފައިވާ ބަޖެޓަށްވުރެން ބޮޑުކޮން އެސްޓިމޭޓް ހުށަހަޅާފައިވާތީ އެ އިޢުލާން އަލުން ބާތިލް ކުރުމައްފަހު މި މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމައް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މަހަކު  -/ 7000 (ހަތްހާސް) ރުފިޔާ އަށްވުރެން ބޮޑު ނުވާގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2026 ފެބުރުއަރީ 04 ވާ ބުދަ  ދުވަހުގެ 11:30 އަށް  އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ  މިކައުންސިލްގެ ކޮންފަރެންސް ރޫމްގައެވެ. އަންދާސީ ހިސާބު ފޯމާއި މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުން ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ.

އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއިއެކު ހުށަހެޅުއްވުމަށްވެސް ދެންނެވީމެވެ. އަންދާސީހިސާބު ހުށައަޅާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށައަޅާ މަސައްކަތުގެ ނަމާއި ހުށައަޅާފަރާތުގެ ނަން އޮންނަންވާނެއެވެ.

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖަނަވަރީ 2026