ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2015/352
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:24
ސުންގަޑި: 16 ޑިސެންބަރު 2015 14:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

މި އިޢުލާންވަނީ 05 ޑިސެންބަރު 2015 10:45 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ލީގަލް އޮފިސަރ (ސީއެސް 9-2)

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

މުސާރަ:

-/10،020 ރުފިޔާ

ސަރވިސް އެލަވަންސް:

ދުވާލަކަށް -/120 ރުފިޔާއާއި  -/188 ރުފިޔާއާ ދެމެދު

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ލީގަލް އެފެއާރޒް

މަޤާމުގެ ޝަރުޠު:

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މިނިސްޓްރީގެ އެކިފަރާތްތަކާ ކުރެވޭ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ޤާނޫނީ ލަފާދިނުން.
  • ޤާނޫނީ ލިޔެކިޔުންތައް އެކުލަވައިލައި ތައްޔާރުކުރުން.
  • ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބައިވެރިވުމާބެހޭގޮތުން ސަރުކާރަށް ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުން. މިނިސްޓްރީއާއި އެހެނިހެން ފަރާތްތަކާ ދެމެދު ކުރެވޭ އެއްބަސްވުންތަކާ ބެހޭގޮތުން މިނިސްޓްރީއަށް ލަފަޔާއި އިރުޝާދު ދިނުން.
  • މިނިސްޓްރީން އެކުލަވައިލާ ޤަވާއިދުގެ ދެލިކޮޕީތައް ބަލައި، އެ ޤަވާއިދުތަކަށް ޢަމަލުކުރަން ފެށުމާބެހޭގޮތުން ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުން.
  • މިނިސްޓްރީގެ އިދާރާތަކަށް ބޭނުންވާނެ ބިލްތައް އެކުލަވައިލުމުގައްޔާއި ޤާނޫނުތަކުގެދަށުން ހަދާ ޤަވާއިދުތައް ހެދުމުގައި އެކިއެކި އިދާރާތަކަށް ބޭނުންވާ ލަފާ (ލެޖިސްލޭޓިވް އެޑްވައިޒް) ދިނުމާއި، މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ބިލްތައް އެކުލަވައިލައި ތައްޔާރުކުރުން.
  • ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމުގައި މިނިސްޓްރީއިން ކުރާ މަސައްކަތުގައި ބޭނުންވާ ޤާނޫނީ ލަފާދިނުން؛
  • ދައުލަތުގެ ނަމުގައި ދޫކުރާ ގެރަންޓީތަކާ ގުޅިގެން މިނިސްޓްރީން ކުރާ މަސައްކަތުގައި ބޭނުންވާ ޤާނޫނީ ލަފާދިނުން.
  • މިނިސްޓްރީގެ ފަރާތުން ސޮއިކުރާ އެގްރިމެންޓްތަކާއި، އެމް.އޯ.ޔޫ ތަކާއި، އެފަދަ ޤާނޫނީ ލިޔުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރުމުގެ ކުރިން، އެ ލިޔުންތައް ދިރާސާކޮށް މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން؛
  • މިނިސްޓްރީއާ ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތައް ބަލައި، އެފަދަ ޤާނޫނުތަކަށް ނުވަތަ ޤަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙު ގެނައުމަށް ހުށަހެޅުން ނުވަތަ ލަފާދިނުން؛
  • މިނިސްޓްރީއަށް ބޭނުން އެހެނިހެން ޤާނޫނީ ލަފާދިނުން؛
  • މިނިސްޓްރީން ޑްރާފްޓްކުރާ ޤާނޫނީ ލިޔުންތައް ޑްރާފްޓްކުރުމާއި، ދިރާސާކުރުމާއި، އެފަދަ ލިޔުންތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުން؛
  •  ޝަރުއީ ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި މިނިސްޓްރީ ތަމްސީލްކުރަންޖެހޭ ޙާލަތްތަކުގައި މިނިސްޓްރީގެ ފަރާތުން ކޯޓަށް ހާޒިރުވެ، މިނިސްޓްރީ ތަމްސީލުކުރުން؛
  • ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތައް އުފެއްދުމުގައި މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
  • ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ އަސާސީ ޤަވާއިދާއި، ހިންގާ ޤަވާއިދު މުރާޖަޢާކޮށް، މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.
  • ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ހިއްސާގެ މުޢާމަލާތްކުރުމުގައި މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.
  • ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތައް ހިންގުމުގައި ދިމާވާ މައްސަލަތަކުގައި، މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.
  • ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުން، ކުންފުންޏެއް އުވާލަން ޖެހިއްޖެނަމަ އެކަމުގައި މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.
  • ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއް ޕްރައިވެޓައިޒްކުރާނަމަ، އެކަމަށް މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.
  • ލީގަލް އެފެއާޒްގެ މުވައްޒަފުންނާބެހޭ އެންމެހައި ކަންތައްތަކުގައްޔާއި މުވައްޒަފުން ބިނާކުރުމަށް ލީގަލް އެފެއާޒްގެ ހެޑްގެ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

- ސްޕެޝަލް ޑިއުޓީ އެލަވަންސެއްގެގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.

- ހަމަޖެހިފައިވާ އުޞޫލުތަކުގެމަތިން އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ

- އާސަންދަ (ހެލްތު އިންޝުރަންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.  

- މަސައްކަތަށް ޝައުޤުވެރިކަންހުރި މިންވަރު.

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

- އިނގިރޭސިބަހާއި، ދިވެހިބަހުން ރަނގަޅަށް މުޢާމަލާތްކުރުމުގެ ހުނަރާއި، މުޢާމަލާތްކުރަން އެނގޭ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން (އެސެސްމަންޓް ރިޕޯޓް ހުށަހަޅާނަމަ ކޯސް ނިންމިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓް ހުށަހެޅުން)، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ވަނަވަރު

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ސްކޫލް ލީވިންގ ސެޓްފިކެޓް.

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި، މުވައްޒަފު އަދާކޮށްފައިވާ މަޤާމްތަކުގައި ހޭދަވި މުއްދަތާއި، ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން)

ސުންގަޑި:

2015 ޑިސެންބަރު 16 ބުދަދުވަހުގެ 14:00 ގެ ނިޔަލަށް.

އިންޓަވިއު:

 

 

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. 

- ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ސިޓީން އެކަން އެންގޭނެއެވެ. 

- އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި އިމްތިޙާންކުރުން މި މިނިސްޓްރީގައި ބޭއްވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3349339 ނަންބަރު ފޯނަށް ނުވަތަ 3349335 ނަންބަރު ފޯނާއެވެ. 

19 ޞަފަރު 1437

01 ޑިސެންބަރު 2015