ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-AF/221/2015/74
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:23
ސުންގަޑި: 10 ޑިސެންބަރު 2015 14:00
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމުތަކަށް މީހުން ހޯދުމަށްޓަކައި 23 ނޮވެންބަރު 2015 ގައި މި އޮތޯރިޓީން ކޮށްފައިވާ IUL221-AF/221/2015/73) ނަންބަރުގެ އިޢުލާން ބާޠިލްކޮށް، މި މަޤާމްތަކަށް އަލުން އިޢުލާންކުރީމެވެ.

 

މަޤާމް: ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ކުލެސިފިކޭޝަން: GS4

އަސާސީ މުސާރަ: -/5020 ރފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

 

 

މަޤާމުގެ ޝަރުޠުތައް:

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަތީ ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއަކުން ދަށްވެގެން "އީ" ފާސް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  • ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއަކުން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން،  ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

 

  • އޮތޯރިޓީއަށް އަންނަ އެންމެހައި ބިލްތަކަށް ފައިސާ ދެއްކުން.
  • ޕޭޓީ ކޭޝް ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ފައިސާއާބެހޭ ދުވަހު ހިސާބު ތައްޔާރުކުރުމާއި، ބަޖެޓުން ޚަރަދުކުރެވޭ ފައިސާގެ މަސްދުވަހުގެ ރިޕޯޓާއި، އާމްދަނީ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ބެލެހެއްޓުން.
  • އެމް. އެމް. އޭ. އިން ފައިސާ/ޗެކު ނަގައި ޖަމާކުރަންޖެހޭ ދުވަހު ނެގުމާއި ޖަމާކުރުން.

 

އުޖޫރަޔާއި ޢިނާޔަތްތައް:

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/3،000 ރުފިޔާ  (ތިންހާސް ރުފިޔާ) ދެވޭނެއެވެ. 

 

މި މަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:

މި މަޤާމަށް މީހުން ނެގުމުގައި މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިންބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.

 

މަޤާމް: ހިޔުމަން ރިސޯސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ކުލެސިފިކޭޝަން: GS4

އަސާސީ މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

 

މަޤާމުގެ ޝަރުޠުތައް:

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • މަތީ ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއަކުން ދަށްވެގެން "އީ" ފާސް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  • ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއަކުން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން،  ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • އެޗްއާރަށް އަންނަ ސިޓީ، އީ.މެއިލަށް ޖަވާބު ހޯދައި، ތައްޔާރުކޮށް ފޮނުވުން.
  • މުވައްޒަފުންގެ ހާޒިރީ، ދުވަހުން ދުވަހަށް ބަލަހައްޓައި، ނަގަންޖެހޭ އެންމެހައި ރިޕޯޓްތައް ނެގުން.
  • މުވައްޒަފުންގެ ޕެންޝަނާގުޅޭ އެންމެހައި ކަންކަން ކުރުން.
  • އެސް. އޭ. ޕީ އެޗް.އާރު މޮޑިއުލްގެ މުވައްޒަފުންގެ ސްޓޭޓަސް އަޕްޑޭޓްކުރުން.
  • މުވައްޒަފުންގެ ޗުއްޓީއާއި އެހެނިހެން ޗިޓްތައް ތައްޔާރުކުރުން.
  • އޮފީހުގެ އަހަރީ ރިޕޯޓަށް ބޭނުންވާ އެޗް. އާރުގެ މަޢުލޫމާތު އެއްކޮށް، ރިޕޯރޓް ހެދުމަށް އެހީތެރިވެދިނުން.

އުޖޫރައާއި ޢިނާޔަތްތައް:

 

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ހެލްތު އިންޝުއަރެންސް ލިބޭނެއެވެ.
  •  ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/3،000 ރުފިޔާ (ތިންހާސް ރުފިޔާ) ލިބޭނެއެވެ. 

މި މަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:

މި މަޤާމަށް މީހުން ނެގުމުގައި، މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިންބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

 

ކުލެސިފިކޭޝަން: GS4

 

އަސާސީ މުސާރަ: -/5،020 ރުފިޔާ

 

ސަރވިސް އެލަވަންސް: -/1،500 ރުފިޔާ

 

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

 

މަޤާމުގެ ޝަރުޠުތައް:

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  •  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި  ދިވެހި  މި  މާއްދާއިން  ދަށްވެގެން  "ސީ"  ގްރޭޑް  ލިބިފައިވުމާއެކު،  މަޤާމާ  ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • މި އޮތޯރިޓީގެ އިދާރީ މަސައްކަތްތައް ކުރުން.
  • އޮފީހަށް އަންނަ ފޯން ކޯލު، ސިޓީ، ފެކްސް، އީ.މެއިލް ފަދަ ތަކެތީގެ ތެރެއިން ސެކްޝަނުން ފިޔަވަޅުއަޅައި، ޖަވާބުދޭންޖެހޭ ސިޓީއާއި ފެކްސް ފަދަ ތަކެއްޗަށް ޖަވާބުދިނުން.
  • އޮފީސް ހުޅުވައި ލެއްޕުން.
  • އޮފީހުން ހަވާލުކުރާ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  •  ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/3،000 ރުފިޔާ (ތިންހާސް ރުފިޔާ) ލިބޭނެއެވެ. 

 

މި މަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:

  • މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތައް،
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތައް،
  • ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިންބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ ފަރާތްތައް،
  • ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއިން ކުރިއަށްދިއުމަށް ޝައުޢުވެރިކަން ހުންނަ ފަރާތްތައް.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދޭ ފޯމު.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ ނުވަތަ މަތީ ތަޢުލީމް ހާސިލުކުރުމަށްފަހު އަދި ސެޓްފިކެޓް ނުލިބުނުނަމަވެސް، ޓްރާންސްކްރިޕްޓްތައް ލިބިފައިވާ ފަރާތްތަކުން އެ ކޯހަކީ އެމް. ކިޔު. އޭ. އިން ގަބޫލުކުރާ ފެންވަރުގެ ކޯހެއްކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ގަބޫލުކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތުތަކާއި، ވަޒީފާ އަދާކޮށްފައިވާގޮތް އެނގޭފަދަ ރަސްމީ ލިޔުމެއް.
  • ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

ސުންގަޑި:

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، މަތީގައިވާ ލިޔުންތަކާއެކު، 2015 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުން އެދެމެވެ.

 

 

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ފުރަތަމަ ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަވިޔު ކުރެވޭނީ، ތަޢުލީމީ ފެންވަރަށް ބަލައި، ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
  • އިތުރު މަޢުލޫމާތު، މި އޮތޯރިޓީގެ  3013124 ނަންބަރު ފޯނުން ނުވަތަ 3006724 ނަންބަރު ފޯނުން ސާފުވާނެއެވެ.

 19 ޞަފަރު 1437

01 ޑިސެންބަރު 2015