ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 366/2026/04
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:34
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލަފާފުރުމަށް ދިމާވެފައިވާ މައްސަލަ ޙައްލު ކުރުމާއިބެހޭ.

           މިހާރަކަށް އައިސް ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބާއްވާ ގޮތުން ލަފާފުރުމަށް ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމުގެ ޝަކުވާ ކައުންސިލަށްދަނީ ލިބެމުންނެވެ. މިގޮތުން ރަށަށް ކޮންމެ ދުވަހަކު އައިސް ގޮސްހަދާ ކައިރި ރިސޯޓްތަކުގެ މުވައްޒަފުން އުފުލާ އުޅަނދުފަހަރާއި، އައިލެންޑް ހޮޕިންގ އަށް ފަތުރުވެރިން ގޮވައިގެން ރަށަށް އަންނަ އުޅަނދުފަހަރާއި އަދިވެސް އެހެނިހެން ބޭނުންތަކަށް ރަށަށް އައިސް ގޮސްހަދާ އުޅަނދު ފަހަރު ބަނދަރަށް ކައިރި ކުރުމުގައި ގިނަ ދަތިތަކަކާއިދަނީ ކުރިމަތިވަމުންނެވެ.

           އެނގިވަޑައިގަންނަވާނޭ ފަދައިން ރަށުގެ ބަނދަރަކީ ޖާގައިގެ ގޮތުން ކުޑަ ބަނދަރަކަށްވުން ލަފާ ފުރާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން ބަނދަރުގެ އުތުރު ސަރަހައްދަކީ ( މުދާ އުފުލުމަށަޢި ތެޔޮ އެޅުމަށް ޚާއްސަ ސަރަހައްދުގެ އުތުރުން އޮތް ސަރަހައްދަކީ) ލަފާ ފުރުމަށް ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދެއްކަމުގައި ކަނޑައަޅައި މި އިދާރާގެ އިޢުލާން ނަމްބަރ: (IUL)366/2025/55 އިން ވާނީ އާންމުކުރެވިފައެވެ.

            ނަމަވެސް މިކަމަށް އިޖާބަނުދީ ލަފާ ފުރުމަށް ދަތިވާގޮތަށް މިސަރަޙައްދުގައި އުޅަނދުފަހަރު އަޅާފައި ބޭއްވުން މިވަނީ އާންމުވެފައެވެ.

           ވީމާ، ބަނދަރުގެ އުތުރުކޮޅުން ޖަހާފައިވާ ބޯޑުގެ އުތުރުން ހުރަސްތޮއްޓާއި ދެމެދުގައިވާ ސަރަޙައްދަކީ ރަށަށް އަންނަ މީހުންނަށާއި ފުރާމީހުންނަށާއި، އަދި އެހެނިހެން ބޭނުންތަކުގައި އަންނަ އުޅަނދު ފަހަރަށް ޚާއްޞަކޮށްފައިވާ ސަރަޙައްދަކަށްވާތީ އެސަރަޙައްދުގައި މީހަކުނެތި އުޅަނދު ފަހަރު އަޅާފައި ބޭއްވުމަކީ މަނާކަމެއް ކަމަށާއި، މިނޫން ބޭނުން ތަކުގައި އެ ސަރަޙައްދުގައި އުޅަނދު ފަހަރު ބާއްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

28 ޖަނަވަރީ 2026