ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)219-CA/01/2015/14
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:22
ސުންގަޑި: 15 ޑިސެންބަރު 2015 14:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކައުންސިލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ 

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/5،020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1،500 ރުފިޔާ

މީޑިއާ ކައުންސިލް އެލަވަންސް:

މުސާރައިގެ 35 ޕަސެންޓް

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު އޮތް އޮފީސް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:

މޯލްޑިވްސް މީޑިއާ ކައުންސިލް، ކޯޕަރޭޓް އެފެއާޒް

 

 

މަޤާމުގެ ޝަރުޠުތައް:

 

1. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުގެ ދާއިރާއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ފާސްލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސްލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު، ސެކްޝަންތަކުން ހޯދައިގެން ޔައުމިއްޔާ ލިޔުން.

2. އިދާރީގޮތުން ލިޔަންޖެހޭ ސިޓީއާއި ނޯޓް ފަދަ ތަކެތި ލިޔުމާއި، އެފަރާތްތަކަށް ރައްދުކުރުމުގެ ކަންތައް ހަމަޖެއްސުން.

3. އެޗް. އާރު. ސެކްޝަނަށް އަންނަ ސިޓީ ބަލައިގަތުމާއި، ސެކްޝަނުން ލިޔަންޖެހޭ ސިޓީއާއި ނޯޓް ފަދަ ތަކެތި ލިޔުމާއި، އެތަކެތި ފައިލްކޮށް ބެލެހެއްޓުން.

4. މީޑިއާ ކައުންސިލުގެ އިންވެންޓްރީއާއި އެސެޓް ރެޖިސްޓްރީ ބެލެހެއްޓުން.

5. ހާޒިރީ ހަދައި ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް ހެދުމާއި، މުވައްޒަފުންގެ ސަލާމުގެ ކަންތައް ބެލެހެއްޓުމާއި، ޗުއްޓީ ހުއްދަ ހަދައި، ޗުއްޓީގެ ކަންތައް ބެލެހެއްޓުން.

6. ދާއިމީ މުވައްޒަފުންނާ ބެހޭގޮތުން ހަމަޖައްސަންޖެހޭ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން/ވަޒީފާބަޔާން އަދި މިނޫންވެސް މިފަދަ ރަސްމީ ލިޔެކިޔުމުގެ ކަންކަން ބެލެހެއްޓުން.

7. ވަޒީފާއިން ވަކިވާން އެދޭ މުވައްޒަފުންގެ ޗިޓް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

8. މުވައްޒަފުންގެ އެޕްރައިޒަލް ފޯމްތައް ތައްޔާރުކޮށް، އެކަން ބެލެހެއްޓުން.

9. ކައުންސިލްގެ އެޗް. އާރު. އެމް. ޑީ. ކޮމެޓީގެ މަސައްކަތްތައް ބެލެހެއްޓުން.

10. އަލަށް ވަންނަންއެދޭ މީހުންނާ ޕެނަލުން އިންޓަވިއުކޮށް ނިމުމުން، އެފަރާތަށް އެކަން އެންގުމާއި، އެފަރާތަށް ވަޒީފާދިނުމާ ބެހޭގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރުން.

11. ކައުންސިލުން ބަލަމުންގެންދާ މައްސަލަތައް ބެލުމުގައި އެހީތެރިވެދިނުމާއި، ކައުންސިލްގެ އަހަރީ ރިޕޯޓް ހެދުމުގައި އެހީތެރިވެދިނުން.

12. މީޑިއާ ކައުންސިލްގެ މެންޑޭޓްގައި ހިމެނޭ، އެއިރަކު އެހީތެރިކަމަށް ބޭނުންވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތަކަށް ބަލައި އިންޓަވިއުއިން އެންމަތީ މާކްސް ހޯދާ ފަރާތެއް.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، މި ކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ފޯމް ފޮނުވަންވީ ތާރީޚާއި ތަން:

2015 ޑިސެންބަރު 15 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވްސް މީޑިއާ ކައުންސިލަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، 2015 ޑިސެންބަރު 27 އާއި 31 އާ ދޭތެރޭގައި މި ކައުންސިލުގައި އޮންނާނެއެވެ.

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދޭ ފޯމު، މި ކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

- އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މި ކައުންސިލުގެ 3003886 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

18 ޞަފަރު 1437 

30 ނޮވެންބަރު 2015