މަސައްކަތް
ނަންބަރު: (IUL)370-ESMS SC/370/2026/3
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 12 ފެބުރުވަރީ 2026 11:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީއަލީ މަގުތަކުގައި ސޯލާރ ބައްތި ހަރުކުރުމަށް ބޭނުންވާ ސޯލާރ ބައްތިއާއިލާ ބައްތި ހަރުކުރުމަށް ބޭނުންވާ ހޮޅިދަނޑި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ނަންބަރު : (IUL)370-ESMS SC/370/2026/3

 

 

އިޢުލާން

 

ފ.ފީއަލީ މަގުތަކުގައި ސޯލާރ ބައްތި ހަރުކުރުމަށް ބޭނުންވާ ސޯލާރ ބައްތިއާއިލާ ބައްތި ހަރުކުރުމަށް ބޭނުންވާ ހޮޅިދަނޑި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

          ފ.ފީއަލީ ކައުންސިލުގެ ފަރާތުން ފ.ފީއަލީގެ މަގުތަކުގައި ސޯލާރ މަގު ބައްތި ހަރުކުރުމަށްޓަކައި ބޭނުންވާ ސޯލާރ ބައްތިއާއި އަދި ސޯލާރ ބައްތި ހަރުކުރުމަށް ބޭނުންވާ ހޮޅިދަނޑި ފ.ފީއަލީއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި  މިއިދާރާގެ ފަރާތުން ކޮށްފައިވާ ނަންބަރު: (IUL) 370-ESMS SC/370/2025/16 ( 06 ޖުލައި 2025 ) އިޢުލާން ބާޠިލް ކުރުމަށް ފަހުގައި އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި އިޢުލާން ކުރަމެވެ. މި އިޢުލާނާއި އެކުގައި ދީފައިވާ މަޢުލޫމާތު ކަރުދާހާއާއި އަދި ކުރެހުންތަކާއި އެއްގޮތަށް މިތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވިމާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. 2.      މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފީއަލީ ކައުންސިލް އިދާރަގައި ރަޖިސްޓްރީ ވާންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ދެވޭ އެންމެ ފަހު މުއްދަތަކީ 03 ފެބްރުއަރީ 2026 ވާ އަންގާރަ ދުވަހުގެ 13:00 ނިޔަލަށެވެ. އެގޮތުން ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު، ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ފަހު ސްލިޕް/ރަޝީދާއެކު މިއިދާރާގެ އީމެއިލް އެޑްރެހަށް [email protected] އަށް ފޮނުވަންވާނެއެވެ. ނުވަތަ މި އިދާރާގެ ކައުންޓަރަށް ހަވާލްކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފީ އާއި ގުޅޭ މަޢުލޫމާތު މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.
  3. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  4. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 03 ފެބްރުއަރީ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، [email protected]  އަށެވެ. އަދި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ ގުޅުއްވާނީ 6740012 / 7666594 / 9992798 އަށެވެ.
  5. ބިޑް ހުޅުވުން އޮންނާނީ 12 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  6. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންންތައް އަދި މި ބީލަމުގައި މިއިދާރާގައި ރަޖިސްޓްރީ ނުކޮށް ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

28 ޖަނަވަރީ 2026

09 H 1447

ޚާދިމްކުމް

 

 

މޫސާ އަޙްމަދު

ފީއަލީ ކައުންސިލްގެ ރައީސް

28 ޖަނަވަރީ 2026