ދިވެހިރާއްޖެ
ނަންބަރު: (IUL)404-CA/404/2026/3
ޕްރޮޖެކްޓް ނަންބަރު: PC-404/2026/02
އިޢުލާން
ވޯޓާ ޕާކަށް ކަރަންޓް އެޅުމަށް ބޭނުންވާ ކަރަންޓް ކޭބަލު ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދުމަށް!
ލ.ހިތަދޫގައި ތަރައްޤީ ކުރަމުން ގެންދާ ވޯޓާ ޕާކަށް ކަރަންޓް އެޅުމަށް ބޭނުންވާ ކަރަންޓް ކޭބަލު ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014)ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުންއެދެމެވެ. ބީލަމުގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއެއް ބަލައެއް ނުގަނެވޭނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވޭނީ ހަމައެކަނި ބީލަން ފޮތް ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
|
ބީލަމުގައި ރަޖިސްޓްރީވުން އަދި ބީލަން ކަރުދާސް ވިއްކުން |
05 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް |
|
ބީލަމުގައި ރަޖިސްޓަރީ ވުން: https://forms.gle/ncY567FeGcUVqd9Z9 - ރަޖިސްޓަރީ ވެވޭނީ ހަމަ އެކަނި ލިންކް މެދުވެރިކޮށެވެ. އަދި ޕޭމަންޓް ދެއްކި ކަމުގެ ސްލިޕް ފޯމްގައި އެޓޭޗް ކޮށްގެންނެވެ. |
|
|
- ބީލަން ފޮތް ވިއްކާ އަގު: -/500 ( ފައްސަތޭކަ ރުފިޔާ) |
|
|
ބީލަން ހުށަހެޅުން |
- 2026 ފެބްރުއަރީ 08 ވަނަ ދުވަހުގެ 13:00 ގައި ލ.ހިތަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި |
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 04 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 10:00 ގެ ކުރިން މަޢުލޫމާތު ސާފުކުރުމަށްފަހު 08 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް:
ފޯން: 6800877،9842866،9444420 އީމެއިލް: [email protected]
08 شعبان1447 ހ
28 ޖަނަވަރީ 2026