ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-6B/426/2026/33
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި: 04 ފެބުރުވަރީ 2026 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ''ނަމާދު ވޯކްޝޮޕް'' އާއި ގުޅޭ

އިޢުލާން

 

''ނަމާދު ވޯކްޝޮޕް'' އާއި ގުޅޭ

      1447 ވަނަ އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ހުޅުދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ "ދަންމަރު" ޕްރޮގްރާމްގެ ދަށުން "ނަމާދު ވޯކްޝޮޕް" ގެ ނަމުގައި ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ ކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބިޖައްސައި، ނަމާދަށް އަހުލުވެރިކުރުމުގެ ގޮތުން ބޭއްވޭ ޕްރޮގްރާމެކެވެ. އެގޮތުން ކުޑަކުދިންނަށް މި ޕްރޮގްރާމް ނިމޭއިރު، ވުޟޫކުރުމާއި، ނަމާދުގައި ކިޔާތަކެތި ދަސް ކޮށްދިނުމާއި، ޤުރުޢާނުން ކޮންމެވެސް މިންވަރެއް ހިތުން ދަސްކުރުވުމާއި، އަޤީދާއާއި ގުޅޭ މަޢުލޫމާތު، އަދި ނަމާދުގެ ޙަރަކާތްތައް ދަސްކޮށްދިނުމަކީ މި ޕްރޮގްރާމްގެ ބޭނުމެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުދޫ އަދި މީދޫގައި ދިރިއުޅެމުންދާ 07 އަހަރާއީ 16 އަހަރާއި ދެމެދުގެ އަންހެން އަދި ފިރިހެން ކުދިންނަށް ވަނީ ހުޅުވާ ލެވިފައެވެ.

       ވީމާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ  ކުދިން 04 ފެބްރުއަރީ 2026 ވާ ބުދަ ދުވަހު 14:00 ގެ ކުރިން މިއޮފީހުގެ ނަންބަރު 7789046 ވައިބަރ ކޮށް ނަން ނޯޓު ކުރުމަށް ދަންނަވަމެވެ.

 ‏09‏ ޝަޢްބާން‏ 1447

  ‏28‏ ޖަނަވަރީ‏ 2026

28 ޖަނަވަރީ 2026