ދިވެހިރާއްޖެ
މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 12 އިން 14 ފެބްރުއަރީ 2026 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ނެޝަނަލް 3x3 ލީގު 2026 ގެ، އަންހެން އަދި ފިރިހެން 1 ވަނަ ޑިވިޝަން އާއި 23 އަހަރުންދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވެލައްވާ ކުލަބް/ޖަމްޢިއްޔާ ތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑިތައް ހަމަވުމުގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން މުބާރާތުގައި ބައިވެރިވާ ކެޓަގަރީތައް އެންގެވުމަށްފަހު، ފީދައްކައި، މިއެސޯސިއޭޝަންގެ ހުއްދަ ލިބުމުން ފިބާ 3×3 ވެބްސައިޓްގައި ޓީމް ރެޖެސްޓަރ ކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ކޮންމެ ކްލަބްއަކަށް ވެސް ކެޓަގަރީއެއް އެއްގައި ބައިވެރިކުރެވޭނެ 1 ޓީމްއެވެ. އަދި ކޮންމެ ޓީމްއެއް މުބާރާތުގައި ރެޖިސްޓަރ ކުރުމުގެ ފީ އަކީ -/1000 ރުފިޔާއެވެ.
- އެމް.ބީ.އޭގެ މެމްބަރ ކްލަބްތައް: 7 ފެބްރުއަރީ 2026 (ހޮނިހިރު) 12:00ގެ ކުރިން
- އެމް.ބީ.އޭގައި އަލައް މެމްބަރަކަށް ވާން އެދޭ ކްލަބްތައް: 5 ފެބްރުއަރީ 2026 (ބުރާސްފަތި) 12:00ގެ ކުރިން
އާ ކަލްބަތައް މުބާރާތުގައި ބައިވެރިވުމަށް އެދުމުގެ ކުރީން މި އެސޯސިއޭޝަނުގެ މެމްބަރޝިޕް ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު މި އެސޯސިއޭޝަނުގެ މެއިލް އެޑްރެސް [email protected] އަށް ހުށަހަޅުއްވަން ވާނެއެވެ.
މިހާރު ރަޖިސްޓްރީކޮށްފައިވާ ކުލަބް/ޖަމްޢިއްޔާ ތަކުންވެސް މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާނަމަ އެކަން އަންގަވާނީ އީމެއިލް މެދުވެރިކޮށް މި އެސޯސިއޭޝަނުގެ އީމެއިލް އެޑްރެސް [email protected] އަށެވެ.
މި އިޢުލާނާއި އެކު މުބާރާތުގެ ޤަވާއިދު އެއްކަރުދާސް ކުރެވިފައިވާނެއެވެ.