ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2026/03
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި:
15 ފެބުރުވަރީ 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލް ޤުރްއާން މުބާރާތާއިގުޅޭ
1447 ވަނަ އަހަރުގެ ރަމަޟާން މަހުގައި، ކައުންސިލްގެ 12 ވަނަ ޤުރްއާން މުބާރާތް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ބައިވެރިވެވޭ ކީސްޓޭޖްތަކާއި ޢުމުރުފުރާތައް ބަހާފައިވާގޮތާއި މުބާރާތުގެ މުޤައްރަރު މި އިޢުލާނާއިއެކު ޢާންމު ކުރެވިފައިވާނެއެވެ.
ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ފުރިހަމަކުރައްވައި މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 2026 ފެބުރުވަރީ 15 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
08 ޝަޢުބާން 1447
27 ޖަނަވަރީ 2026
27 ޖަނަވަރީ 2026