ދިވެހިރާއްޖެ
ތިރީގައި މިވަނީ މިއިންސްޓިޓިއުޓުން 2016ވަނަ އަހަރު ޖަނަވަރީމަހުގައި ހިންގުމަށް ހަމަޖެހިފައިވާ އެޑްވާންސްޑް ސެޓުފިކެޓު އިން ސްޕޯޓްސް މެނޭޖްމަންޓް ކޯހާބެހޭ މަޢުލޫމާތެވެ. މި ކޯހަށް ވަނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މިކޯހުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޑިސެންބަރު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއަށް ފޯމު ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ފޯމު ބަލައިގަތުން ހަމަޖެހިފައި ވަނީ 20 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން 14:00 އާ ހަމައަށެވެ. ކޯހަށް އެދޭ ފޯމު މި އިންސްޓިޓިއުޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3326986 ނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ކޯހުގެ ނަން: އެޑްވާންސްޑް ސެޓުފިކެޓު އިން ސްޕޯޓްސް މެނޭޖްމަންޓް |
މުއްދަތު: 1 އަހަރު (2 ސެމިސްޓަރ) |
ކޯހުގެ ފީ: ހިލޭ |
ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް / ކ.މާލެ |
ޖާގަ: 20 |
ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު: ހ. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓުފިކެޓު ލެވެލް 3 ގެ ފާހެއް އޮތުން. ނުވަތަ ނ- އުމުރުން 18 އަހަރު ފުރިފައި ވުމާއެކު، ބޭސިކް އެޑިޔުކޭޝަން (ގްރޭޑް 7) ފުރިހަމަކޮށްފައިވުމާއި، ކުޅިވަރާ ގުޅުންހުރި ދާއިރާއަކުން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
13 ޞަފަރު 1437