މަސައްކަތް
ނަންބަރު: GS25/IUL/2015/26
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 09 ޑިސެންބަރު 2015 10:30
މ. އަތޮޅު މަދަރުސާ، މ. ކޮޅުފުށި
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން

މ.އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓުން:

މ.އަތޮޅު މަދަރުސާގެ ސެކިއުރިޓީ ކޮންޓްރެކްޓް އުސޫލުން 1 އަހަރުދުވަހަށް (2016 ޖަނަވަރީ 1 ން 2016 ޑިސެންބަރު 31 އަށް) ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.       

ވީމާ، ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޑިސެންބަރު 09 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން ޤަބޫލު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އެކަށީގެންވާ ފަރާތެއް ހޮވުމަށް ޕޮއިންޓް ދޭނީ ތިރީގައި މިވާ އުސޫލުންނެވެ.

* އަގަށް %90

* ތަޖުރިބާއަށް %5

* ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްނަމަ %5

26 ނޮވެންބަރު 2015