ދިވެހިރާއްޖެ
1 ޖަނަވަރީ 2016 އިން ފެށިގެން 1 އަހަރުގެ މުއްދަތަށް މި މަރުކަޒުގެ އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، ގެ ކުއްޔަށް ދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2015 ޑިސެންބަރު 3 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 8 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި މަރުކަޒަށް ވަޑައިގެން ކުއްޔަށް ދެއްވާނެ އަގު އެނގޭނޭހެން ސިޓީ ހުށައެޅުއްވުން އެދެމެވެ. ސިޓީ ހުށައަޅުއްވާއިރު ގޯއްޗާއި ގޭގެ ފްލޯޗާޓް އަދި އިންވެންޓްރީ ލިސްޓު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ ސިޓީ ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
ކުއްޔަށް ދޫކުރާ ގޭގައި މިދަންނަވާ ފަސޭހަތައް ލިބެން ހުންނަންވާނެއެވެ.
- ގޭގެ ދިއްލުންތަކާއި ފަންކާ އަދި ފެން ނަގާ ޕަމްޕް ފަދަ އަސާސީ އިލެކްޓްރިކް ފިޓިންގސް އާއި މިދެންނެވުނު ފަދަ އަސާސީ އެންމެހާ ތަކެތި.
- ފެން ނަގާ ވަޅާއި، ބޯފެން ރައްކާކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވުން.
- ދޮވެ އިސްތިރިކުރުމަށް ބޭނުންވާ ފަސޭހަތައް.
- ހުސްވަގުތު އިށީނދެ ތިބުމަށާއި، ލިޔެކިޔުމުގެ ކަންތައްތައްކޮށް އުޅުމަށް ބޭނުންވާ ސާމާނު.
- ދަތިނުވެ 4 މީހަކަށް ނިދައިއުޅެވޭނެ ފަރުނީޗަރާއި އެހެނިހެން ސާމާނު.
- ދަތިނުވެ 4 މީހަކަށް ކައިބޮއި އުޅުމަށް ބޭނުންވާނެ ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއި އަދި ކެއުމަށް ބޭނުންވާ ފަސޭހަތައް.
- މަދުވެގެން 1 ކޮޓަރި އެއަރކޯން ކޮށްފައިހުރުން.
- ސްކޫލާ ކައިރި އަދި ފަސޭހައިން، އިތުރު ބަޔަކާ އެއްނުވާގޮތަށް ވަދެ ނުކުމެވޭގޮތަށް ހުރުން.
- ރަށުގެ ޢާއްމު ދިރިއުޅުމުގައި ޢާއްމުކޮށް މުނިފޫހި ފިލުވުމަށް މިޒަމާނުގައި ބޭނުންކޮށްއުޅޭ ކޭބަލް ޓީ.ވީ ފަދަ ފަސޭހަތައް.
- މިދެންނެވި ޚިދުމަތްތައް ކުއްޔަށްހިފާ ފަރާތުން ދައްކަންޖެހޭ އެއްވެސް އުޖޫރައެއް ނެތި އެ ޚިދުމަތް ލިބެން ހުންނަންވާނެއެވެ.
13 ޞަފަރު 1437