ދިވެހިރާއްޖެ
މި ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކުރުމުގެ މަސައްކަތް، 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބިޑް ރަޖިސްޓްރީ ކުރުން
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުމުންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ.
ބިޑް ހުށަހެޅުން:
މި މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 01 ފެބްރުއަރީ 2026 ވާ އާދީއްތަ ދުވަހުގެ 13:30 ގައި، އދ. ކުނބުރުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، އީމެއިލް މެދުވެރިކޮށް ފޮނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި ބިޑުގައި ބައިވެރިވެވޭނީ "ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު" (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މައުލޫމާތު ސާފްކުރުން:
މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6680053 ފޯނަށް ގުޅުއްވުން އެދެމެވެ.