ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)VMC-HR/1/2026/5
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 17:40
ސުންގަޑި: 29 ޖަނަވަރީ 2026 14:00
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މާކެޓިންގ އެގްޒެކެޓިވް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިޢުލާން ނަންބަރު: IUL)VMC-HR/1/2026/5) 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: އެސިސްޓެންޓް މާކެޓިންގ އެގްޒެކެޓިވް

މުސާރަ (މަހަކު) : -/6,809 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,383 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/2,043 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ގެ ސަނަދެއް ގުޅޭ ދާއިރާއަކުން ހާސިލްކޮށްފައިވުން (ނުވަތަ)،

 ށ. އޭލެވެލް ފުރިހަމަކޮށްފައިވުން (ނުވަތަ)،

 ނ. އޯލެވެލް ފުރިހަމަކުރުމާއެކު، ގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1.  ހަވާލުކުރެވޭ މާކެޓުތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން ލިބެންހުރި ތަފާސްހިސާބުތަކާއި މައުލޫމާތުތަކަށްބަލައި ޑެސްކް މާކެޓް ރިސާރޗްކުރުން.
  2.  ހަވާލުކުރެވޭ މާކެޓުތަކުގައި ހުރި ފުރުސަތުތައް ދެނެގަތުމަށްޓަކައި ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން
  3. ކަނޑައެޅިފައިވާ މާކެޓުތަކާ ގުޅޭގޮތުން ކުއަންޓިޓޭޓިވް އަދި ކުއަލިޓޭޓިވް ދިރާސާތައް ފަރުމާކޮށް، އެކަމާ ގުޅޭ ތަފްސީލީ މައުލޫމާތުތައް އެއްކޮށް ބެލެހެއްޓުން.
  4. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މަންޒިލާއި ވާދަކުރާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކުން ގެންގުޅޭ އުކުޅުތައް ދިރާސާކޮށް، އެފަރާތްތަކާ ވާދަކުރުމަށް  ބޭނުންވާނެ ސިޔާސަތުތައް ދެނެގަނެ ހުށަހެޅުން.
  5. ކަނޑައެޅިފައިވާ މާކެޓުތަކުގެ ކަސްޓަމަރުންގެ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ތައްޔާރުކޮށް، އެ މަޢުލޫމާތުތައް ދުވަހުން ދުވަހަށް އަދާހަމަކޮށް ބެލެހެއްޓުން.
  6. ދިރާސާތަކުން ފާހަގަކުރެވޭ ކަންކަމުގެ ރިޕޯޓެއް ތައްޔާރުކޮށް ހުށަހެޅުން.
  7. ކަނޑައެޅިފައިވާ މާކެޓުތަކުގެ ޕީ.އާރު އޭޖެންސީތަކާއި، އިދާރީ އަދި ބޭރުގެ އެކި ފަރާތްތަކާ ގުޅުން ބަދަހިކޮށް ދެމެހެއްޓުން.
  8. ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން، ކަނޑައެޅިފައިވާ މާކެޓުތަކުގައި ހުރި މާކެޓިންގ ފުރުޞަތުތަކާއި ހަރަކާތްތައް ދެނެގަތުން.
  9. ކުރެވޭ ދިރާސާތަކުން ފާހަގަވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މާކެޓިންގ ކެމްޕޭންތައް ރޭވުމާއި ހިންގުން.
  10. މާކެޓިންގ ކެމްޕޭންތަކުގެ އިފެކްޓިވްނަސް ވަޒަންކުރާނެ މިންގަނޑުތަކާއި ލަނޑުދަނޑިތައް ކަނޑައަޅައި، ކުރިމަގުގައި ހިންގާ ކެމްޕޭންތައް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާނެ ކަންކަން ހުށަހެޅުން.
  11. ކަނޑައެޅިފައިވާ މާކެޓްގެ ކުއާޓާލީ ބަޖެޓާއި، އަހަރީ ބަޖެޓް އަދި މާކެޓިންގ ހަރަކާތްތައް އެކުލަވާލުމުގައި އެހީތެރިވުން.
  12. ރޯޑްޝޯތަކާއި، ފެއަރތަކާއި، ކެމްޕޭންތަކުގެ އިތުރުން ފެމިލިއަރައިޒޭޝަން ދަތުރުތައް ކޯޑިނޭޓްކޮށް ހިންގުން.
  13. ހަވާލުކުރެވޭ މާކެޓްތަކާ ގުޅޭ ހަރަކާތްތަކާއި، އިވެންޓްތަކުގެ ޕްލޭންތަކާއި، ކޮންސެޕްޓްސް އަދި ސްކޯޕް ތައްޔާރުކުރުން.
  14. މާކެޓްގެ ހަރަކާތްތަކާއި، ތަފާސްހިސާބުތަކާއިގުޅޭ ލިޔެކިޔުންތަކާއި، އަދި ކުއާޓާލީ ރިޕޯޓްތައް ގަވާއިދުން އަދާހަމަކޮށް ބެލެހެއްޓުން.
  15. ހަވާލުކުރެވޭ އިވެންޓްތަކުގެ ޕްރޮމޯޝަނަލް މެޓީރިއަލްސް އަދި ލޮޖިސްޓިކްސް ބެލެހެއްޓުން.
  16. ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިން އިވެންޓްތައް ކުރިއަށް ގެންދިއުމަށްޓަކައި ވެންޑަރުންނާ ގުޅިގެން މަސައްކަތް ކުރުން.
  17. މާކެޓިންގް އިވެންޓްތަކުގެ ވެންޑަރުންނާއި، އެގްޒިބިޓަރުންނާއި، ސްޓޭކްހޯލްޑަރުންނާ ގުޅުން ބަދަހިކުރުން.
  18. އިވެންޓްތަކާ ގުޅޭ ފީޑްބެކް ސާވޭތައް ތައްޔާރުކޮށް، އެ ސާވޭތައް ދިރާސާކުރުމަށްފަހު ފާހަގަކުރެވޭ ކަންކަން ސުޕަވައިޒަރަށް ހުށަހެޅުން.
  19. މީގެ އިތުރުންވެސް ކޯޕަރޭޝަނުން ރަސްމީކޮށް ހަވާލުކުރާ އެންމެހާ މަސައްކަތްތައް ކުރުން.
  20. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

29 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

 

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035525، 3035515، ނުވަތަ 3035514 ފޯނާއެވެ.

 

6. އެޑްރެސް ކުރައްވާނީ:

އިބްރާހީމް ޝިއުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ،

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް.

 

 

25 ޖަނަވަރީ 2026