ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު |
އިންވެސްޓިގޭޓަރ |
||
ބޭނުންވާ އަދަދު |
1 (އެކެއް) |
||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
||
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 (ޖެނެރަލް ސަރވިސް 3) |
||
ވަޒީފާގެ ބާވަތް: |
ވޭޖް އެމްޕްލޯއިމަންޓް (ވަގުތީ) |
||
މުސާރަ |
މަސައްކަތްކުރާ ގަޑިއެއްގެއިރަކަށް 38 (ތިރީސް އަށެއް) ދިވެހި ރުފިޔާ. |
||
ސެކްޝަން/ އޮފީސް/ ތަން: |
ލޭންޑް ޓްރާންސްޕޯޓް ސެކްޝަން / ޓްރާންސްޕޯޓް އޮތޯރިޓީ، މާލެ |
||
މަޤާމުގެ މަސްއޫލިއްޔަތު: |
ޑެލިވަރީ ކައުންޓަރުގައި މަސައްކަތްކުރުމާއި، ވެހިކަލް ބާއްވާ ގަރާޖުތައް ޗެކްކުރުމާއި، ވެހިކަލްތައް އިންސްޕެކްޓްކުރުން. |
||
މަސައްކަތުގެ މުއްދަތު: |
1 (އެކެއް) މަސްދުވަސް (މުވައްޒަފުގެ ޚިދުމަތް މި އޮތޯރިޓީންް އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.) |
||
މަޤާމުގެ ޝަރުޠު: |
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
||
ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް: |
ނޯޓް: މި އޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފަކު މި މަޤާމަށް ކުރިމަތިލާނަމަ ހުށަހަޅަންޖެހޭނީ، ހަމައެކަނި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމެވެ. |
||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2015 ޑިސެންބަރު 8 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ޓްރާންސްޕޯޓް އޮތޯރިޓީ (ހުރަވީ ބިލްޑިންގ، އަމީރު އަޙްމަދު މަގު) އަށް ހުށަހެޅުން އެދެމެވެ. |
||
އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން: |
- މި އިޢުލާނުގެ މުއްދަތު ހަމަވާތާ، 7 (ހަތެއް) ދުވަސް (ބަންދުދުވަސްތައް ނުހިމަނައި) އިންޓަވިއު ބޭއްވޭނެއެވެ. - އިންޓަވިއު ބޭއްވޭނީ، ޓްރާންސްޕޯޓް އޮތޯރިޓީ / ހުރަވީ ބިލްޑިންގުގެ 1 ވަނަ ފަންގިފިލާގައެވެ. |
||
އިތުރު މަޢުލޫމާތު: |
1- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކަށެވެ. 2- ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު، އިންޓަވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި، އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރުގެ ކުރިން ލިޔުމުން އެންގޭނެއެވެ. 3- އިންޓަވިއު ފެށުމުގެ 10 މިނިޓުގެ ކުރިން، އިނގިރޭސިބަހާއި ދިވެހިބަހުން، ސިޓީ ލިޔުމާއި ޢިބާރާތްކުރުމުގެ ފެންވަރު ބެލުމުގެ ޓެސްޓެއް ދެވޭނެއެވެ. 4- މަޢުލޫމާތު ސާފުކުރަން ގުޅާނީ ނަންބަރަކީ 3343420 ނަންބަރު ފޯނަށް ނުވަތަ 3343421 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 3343434 އެވެ. |
||
10 ޞަފަރު 1437 |