ދިވެހިރާއްޖެ
މި ކައުންސިލާއި ބާރަށު ޕޮލިސް ސްޓޭޝަން ގުޅިގެން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަށް އިޙްޔާރުކުރުމުގެ ގޮތުން ހއ ބާރަށުގެ އެންމެހާ ރައްޔިތުންނާއި ބާރަށުގައި ދިރިއުޅެމުންގެންދާ އެންމެހާ ފަރާތްތަކަށް އަމާޒުކޮށްގެން "ހއ ބާރަށު އެންމެ އަލިގަދަ ތަރި 1447" ނަމުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުއެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 2026 ޖަނަވަރީ 31 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް މި އިދާރާއަށް ނުވަތަ ބާރަށު ޕޮލިސް ސްޓޭޝަންއަށް ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް މި ކައުންސިލް އިދާރާއިން އަދި ބާރަށު ޕޮލިސް ސްޓޭޝަނުން ލިބެން ހުންނާނެއެވެ. އަދި ގޫގުލް ފޯމްގެ ލިންކް މި ކައުންސިލްގެ މީސްމީޑިއާގެ އެކިމަންސަތަކާއި ހިއްސާކުރެވޭނެއެވެ. މިމުބާރާތުގެ ގަވައިދު މި އިޢުލާނާއެކު އާންމު ކުރީމެވެ.