ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2026/07
އިޢުލާން
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ 5 ވަނަ ޤުރުޢާން މުބާރާތް 1447
މިކައުންސިލްގެ 5 ވަނަ ޤުރުޢާން މުބާރާތް 26 ފެބުރުއަރީ 2026 އިން 28 ފެބުރުއަރީ 2026 އަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ޤުރުޢާން މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށް ފަހު، 2026 ފެބުރުއަރީ 04 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލްގެ އިދާރާއަށް ނުވަތަ މިކައުންސިލްގެ އީ.މެއިލް ([email protected]) މެދުވެރިކޮށް ހުށައެޅުއްވުން އެދެމެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީގަޑީގައި މި އިދާރާއިން ލިބެންހުންނާނެއެވެ. އަދި މި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭފޯމް މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވެންހުންނާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.