މަސައްކަތް
ނަންބަރު: (IUL)345-CAA/345/2026/11
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 01 ފެބުރުވަރީ 2026 14:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ :

އިޢުލާން

  އަންދާސީ ހިސާބު ބޭނުންވެއްޖެ :

        

އއ.މާޅޮހު މޮނިއުމަންޓްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން.

މި ކައުންސިލުން ދޭ ކުރެހުމާއި މައުލޫމާތާއި އެއްގޮތަށް އއ.މާޅޮހު މޮނިއުމަންޓްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން:

މިބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮހު ކައުންސިލްގެ އިދާރާގައި ބިޑް ރެޖިސްޓަރ ކުރަންވުންއެދެމެވެ. ބިޑް ރަޖިސްޓަރ ކުރާނީ އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމުންނެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން 01 ފެބްރުއަރީ 2026 (އާދިއްތަ) އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުގައެވެ. އަދި އއ.މާޅޮހު ކައުންސިލުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކަށް ބީލަމާބެހޭ އެންމެހާ މަޢުލޫމާތު ފޯރޮކޮށްދެވޭނެއެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ:18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ބިޑްހުށަހެޅުން:

މި މަސައްކަތުގެ ބިޑް ހުށަހެޅުން އޮންނާނީ 04 ފެބްރުއަރީ 2026 (ބުދަ) ދުވަހުގެ 13:15 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމުގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ނޯޓް: މެއިލް މެދުވެރިކޮށް ހުށަހަޅާ ބިޑްތަށް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

މި މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 03 ފެބްރުއަރީ 2026 (އަންގާރަ) ދުވަހުގެ 12:00 ގެކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާއި ގުޅުއްވައިގެން ނުވަތަ[email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.

22 ޖަނަވަރީ 2026