ކުއްޔަށް ހިފުން
ނަންބަރު: GS-157/2015/IU36
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 01 ޑިސެންބަރު 2015 11:00
ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

އިޢުލާން

2016 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 1 ޑިސެންބަރު 2015 ވަނަ ދުވަހު 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 6 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ހުރިހާ މަޢުލޫމާތެއް ޙިއްޞާ ކުރެވޭނެއެވެ.

މިކަމަށް ހުށައަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެ ދެންނެވި ގަޑީގައި މި އޮފީހުގައި އޮންނާނެއެވެ. އަދި އަންދާސީހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުމުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށައަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނެވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

          14 ޞަފަރު 1437

26 ނޮވެންބަރު 2015