ދިވެހިރާއްޖެ
2016 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ކުރެވުނު އިޢުލާނު ނަންބަރު GS147/2015/16 އާ ގުޅިގެން އެކަމަށް އެދި ހުށައަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާތިލް ކޮށް އަލުން 2016 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށްޓަކައި، 2 ކޮޓަރިއާއި ސިޓިންގރޫމް އަދި ބަދިގެއާއި ކާގެ ހިމެނޭ ޢިމާރާތެއް ކުއްޔަށްހިފަން އިޢުލާނު ކުރަމެވެ.
ވީމާ މިފަދަ ޢިމާރާތެއް ކުއްޔަށް ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 7 ޑިސެންބަރު 2015 (ހޯމަ) ދުވަހުގެ ހެނދުނު 11:00 ގައި ބާއްވާ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކުއްޔަށް ދެއްވާނެ އަގު ބަޔާންކުރައްވައި 15 ޑިސެންބަރު 2015 (އަންގާރަ) ދުވަހުގެ 11:00 އަށް ސިޓީ ހުށައެޅުއްވުން އެދެމެވެ. ސިޓީ ހުށައަޅުއްވާއިރު ގޭގެ ކުރެހުމާއި ގޭގައި ހުންނާނެ ތަކެތީގެ އިންވެންޓްރީވެސް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ސިޓީ ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
13 ޞަފަރު 1437