ކުއްޔަށް ހިފުން
ނަންބަރު: GS141/MIS/2015/20
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 07 ޑިސެންބަރު 2015 13:00
ހިންމަފުށީ ސްކޫލް
ދިވެހިރާއްޖެ
2016 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ.

2016ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ކުއްޔަށް ހިފުމަށް ބޭނުން ވެއްޖެއެވެ. މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތް ކުރެވި ފަރުނީޗަރާއެކު މަދުވެގެން 2ކޮޓަރިއާއި ސިޓިންގ ރޫމް އަދި ކައްކައި ކެވޭގޮތަށް ތަކެއްޗާއެކު ބަދިގެބަޔަކާއި ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާރޓްމަންޓަކަށް ވާން ވާނެއެވެ.

ވީމާ، ގެއެއް ނުވަތަ އެޕާރޓްމަންޓެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ގެ ނުވަތަ އެޕާރޓްމަންޓް ކުއްޔަށް ދެއްވަން ބޭނުންފުޅުވާ އަގު ބަޔާންކޮށް ކުރެހުމަކާއެކު މި ސްކޫލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށައެޅުމަށް ވަޑައިގަންނަވަން ދަތިފުޅުވާ ފަރާތްތަކުން ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުއްވެވިދާނެއެވެ.

    މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައި ތާރީޚު

ސިޓީ ހުށައަޅަން ހަމަޖެހިފައިވާ ތާރީޚު

7 ޑިސެންބަރު 2015 ހޯމަ ދުވަސް

ގަޑި 13:00

13 ޑިސެންބަރު 2015 އާދީއްތަ ދުވަސް

ގަޑި 13:00

  • އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ: ރަސްމީ ގަޑީގައި 6640585 ފޯނަށް ގުޅުއްވުމުން މަޢުލޫމާތު ސާފުވެލައްވާނެއެވެ.

12 ޞަފަރު 1437

24 ނޮވެންބަރު 2015