ދިވެހިރާއްޖެ
މިކައުންސިލްގެ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ސްޓޭޖް ބެކްޑްރޮޕް ޑިޒައިންކޮށް ތަން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލްގެ 3 ވަނަ ޤުރުއާން މުބާރާތާއި 2ވަނަ މަދަހަ މުބާރާތުގެސްޓޭޖް ބެކްޑްރޮޕް ތައްޔާރު ކޮށްދީ ތަން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ޖެނުއަރީ 27 ވަނަ ދުވަހުގެ 14:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް https://forms.gle/9HJuPgcCTVcqzLkR6 މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 2026 ޖެނުއަރީ 27 ވަނަ ދުވަހުގެ 11:00 ކުރިން މިކައުންސިލްގެ މެއިލް [email protected] އަށް ބޭނުންފުޅުވެލައްވާ މަޢުލޫމާތުގެ ތަފްޞީލް ލިޔުއްވާ މެއިލް ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2026 ފެބްރުއަރީ 01 ވަނަ ދުވަހުގެ 13:30 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށް ބަންދު ކުރެވިފައިވާ ސީޓީއުރައިގައެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުޅުވުން އޮންނާނީ ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ.
މަޢުލޫމާތު ޝީޓް
މިކައުންސިލުން އިންތިޒާމުށްކޮށްގެން 1447 ވަނަ އަހަރުގެ ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރުޢާން މުބާރާތާއި މަދަހަ މުބާރާތުގެ ސްޓޭޖް ބެކްޑްރޮޕް ޑިޒައިންކޮށް ތަން ތައްޔާރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ އިއުލާނާއި ގުޅިގެން އެކަމަށް އަގު ހުށަހަޅާ ފަރާތްތަކަށް ދިނުމަށް ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހެކެވެ.
- ހުށަހަޅަންޖެހޭ ލިޔެކިޔުންތަށް:
- އަގުހުށަހަޅާ ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ
- އަންދާސީ ހިސާބު / ކޯޓޭޝަން
- އަންދާސީ ހިސާބާއެކު ހުށަހަޅާ ހުރިހާ ލިޔުންތައް އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
- ބަދަލުގައި އެހެން ފަރާތަކުން ފޮނުވާނަމަ ކުންފުނީގެ ފަރާތުން ސޮއިކޮށް ބިޑް ހުށައެޅުމަށް ހަވާލުކޮށްފައިވާ ސިޓީއާއި އެކު އެފަރާތުގެ އައިޑީކާރޑް ކޮޕީ.
- މަސައްކަތް އެވޯޑް ކުރާ ފަރާތް ކަނޑައެޅުން.
|
ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު |
|||
|
ކްރައިޓީރިއާ |
މާކްސް |
ތަފުސީލު |
ފޯމިއުލާ |
|
އަގު |
80% |
v މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކްއެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގު ތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ. |
( ބެންޗް މަރކްގެ އަގު / ހުށަހެޅުނު އަގު ) ކަނޑައެޅިފައިވާ % ގޮތުގައި ބަލައިގެން ނިސްބަތުން މާރކްސް ދެވޭނެއެވެ. |
|
ތަޖުރިބާ |
5% |
ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާއަކަށް ކޮށްދީފައިވާ މިފަދަ (ޕްރޮޖަކްޓްތައް) ނިންމިކަމުގެ ލިޔުމަށްބަލައި މިބީލަމުގައިވާ މަސައްކަތާއި ގުޅުންހުރި ކޮންމެ ޕްރޮޖެކްޓަކަށް 1 ޕޮއިންޓް އަދި 5 ލިޔުން ނުވަތަ އެއަށްވުރެ އިތުރަށް ލިޔުން ހުށައަޅާ ފަރާތްތަކަށް މިބަޔަށް ފުލްކޮށް ޕޮއިންޓް ދެވޭނެއެވެ. |
އިވެލުއޭޝަން ނެގޭނީ ހުށައަޅާ އަގުގެ 30% ހަމަވާ މަސައްކަތުގެ ތެރެއިން ޖޫރިމަނާއެއްނެތި ހިންގާފައިވާ ގުޅުންހުރި ޕްރޮޖެކްޓްތަކެވެ. ހުށައަޅާ އަގުގެ %30 ހަމަވާ ގުޅުންހުރި ކޮންމެ މަސައްކަތަކަށް 1 ޕޮއިންޓް ލިބޭނެ) |
|
މުއްދަތު |
15% |
އެކަށީގެންވާ އެންމެ ކުޑަ މުއްދަތު ހުށައަޅާ ފަރާތަށް (ރަޖިސްޓްރީކޮށް ތުލުސްދޫ ކައުންސިލަށް ހަވާލުކުރުމާއި ހަމައަށް ހިނގާ މުއްދަތު) ގިނަ މާރކްސް ލިބޭ ގޮތަށް ފުރެކްޝަން އުޞޫލުން |
(ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު x 15)
|
ކުރަންޖެހޭ މަސައްކަތް :
- ދެ މުބާރާތާ ގުޅިގެން ސްޓޭޖް ބެކްޑްރޮޕް، ޖަޖުންގެ މޭޒް ( 4މީހުންނަށް ތިބެވޭނެގޮތަށް) އަދި ކިޔަވާކުއްޖާގެ މޭޒް ޑިޒައިން ކުރުން. މިގޮތުން ތައްޔާރުކުރާ ޑިޒައިން މިކައުންސިލާ ހިއްސާކޮށް ފައިނަލް ކުރަންވާނެއެވެ.
- ދެ މުބާރާތުގެ ސްޓޭޖް ބެކްޑްރޮޕް، ޖަޖުންގެ މޭޒް ( 4މީހުންނަށް ތިބެވޭނެގޮތަށް) އަދި ކިޔަވާކުއްޖާގެ މޭޒް ތައްޔާރުކުރުން.
- މި ދެ މުބާރާތަކީ ނިންމުމުގެ ރަސްމިއްޔާތުގައި ދެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށް ސްޓޭޖް ތައްޔާރުކުރުން.
މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚް
|
ޤުރުއާން މުބާރާތް |
މަދަހަ މުބާރާތް |
|
19 ފެބުރުއަރީ 2026 |
26 ފެބުރުއަރީ 2026 |
|
20 ފެބުރުއަރީ 2026 |
27 ފެބުރުއަރީ 2026 |
|
21 ފެބުރުއަރީ 2026 |
28 ފެބުރުއަރީ 2026 |
|
ނިންމުމުގެ ރަސްމިއްޔާތު: 2026 މާރޗް 01 އާއި 20 އާއި ދެމެދު. |
|
ނޯޓް: މިމަސައްކަތް ހަވާލުކުރެވޭ ފަރާތުގެ ދަތުރުގެ ޚަރަދާއި، ހުރުމާއި ކެއުމާއި، މަސައްކަތައް ބޭނުންވާ ސާމާނާއި، އެހެނިހެން އެންމެހާ ޚަރަދެއް ކުރަންޖެހޭނީ މިމަސައްކަތާއި ހަވާލުވާފަރާތުންނެވެ.