ދިވެހިރާއްޖެ
އިއުލާން
މިކައުންސިލުން ސިލްސިލާކޮށް ކުރިޔަށް ގެންދާ 'ކައުންސިލް ޤުރުއާން މުބާރާތް – 1447' މި އަހަރުގެ ރަމަޟާންމަހު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން ޤުރުއާން މުބާރާތުގައި އިންސާފުކޮށް ފަނޑިޔާރުކަން ކޮށްދޭނެ 3 (ތިނެއް) ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލެވޭނެ ފަރާތްތަކުގެ ޝަރުތުތައް:
- ދިވެހި ރައްޔިތެއްކަމުގައިވުން.
- ޤުރުއާނުން ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވާ ފަރާތްތައް ކަމުގައިވުން.
- ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނުހުރި ފަރާތްތަކެއްކަމުގައިވުން.
- ފަނޑިޔާރުންގެ ގޮތުގައި ހިމެނޭ ފަތާތްތަކަކީ މުބާރާތަށް ކިޔަވާ އެއްވެސް ބައިވެރިއަކަށް ތަމްރީންކޮށްދެއްވާ ފަރާތެއްކަމުގައި ނުވުން.
- މުބާރާތުގެ ބައިވެރިއަކާއި އާއިލީ ގުޅުމެއްއޮތް ފަރާތެއްކަމުގައި ނުވުން.
ފަނޑިޔާރުން ހޮވުމުގައި ލިބިފައިވާ ތަޖުރިބާއަށާއި މިރޮނގުން އެންމެމަތީ ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ފަނޑިޔާރުކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖެނުއަރީ 26 ގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް https://forms.gle/k3K6f4brfr7phFUE7 މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ 11:00 ކުރިން މިކައުންސިލްގެ [email protected] އަށް ބޭނުންފުޅުވެލައްވާ މަޢުލޫމާތުގެ ތަފްޞީލް ލިޔުއްވާ މެއިލް ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2026 ޖެނުއަރީ 29 ވަނަ ދުވަހުގެ 13:30 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށް ބަންދު ކުރެވިފައިވާ ސީޓީއުރައިގައެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުޅުވުން އޮންނާނީ ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ.