މަސައްކަތް
ނަންބަރު: (IUL)354/354/2026/3
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 05 ފެބުރުވަރީ 2026 13:00
އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އދ.ދިއްދޫ ބާބަކިޔު ބީޗްގައި ގުދަނެއް އަދި ފާހަނައެއް އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

 

އދ.ދިއްދޫ ބާބަކިޔު ބީޗްގައި ގުދަނެއް އަދި ފާހަނައެއް އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

          

       އދ.ދިއްދޫ ބާބަކިޔު ބީޗްގައި ގުދަނެއް އަދި ފާހަނައެއް އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 10:00  ގެ ކުރިން މި ކައުންސިލްގެ ފޯން ނަންބަރު 6680057 އަށް ގުޅުއްވައިގެން، ނުވަތަ ވައިބަރ ނަންބަރު 9386644 އަށް މެސެޖުކުރައްވައިގެން ނުވަތަ ރަސްމީގަޑީގައި ކައުންސިލަށް ދުރުވެ ނަންނޯޓްކުރެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުމަށް

27 ޖަނަވަރީ 2026 ވާ (އަންގާރަ) ދުވަހުގެ 10:00 ގެ ކުރިން

27 ޖަނަވަރީ 2026 ވާ (އަންގާރަ) ދުވަހުގެ 13:00 ގައި

05 ފެބްރުއަރީ 2026 ވާ (ބުރާސްފަތި) ދުވަހު 13:00 އަށް

                   އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ނަންނޯޓްނުކުރައްވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6680057 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

 

02 ޝަޢުބާން 1447

                                                     

21 ޖަނަވަރީ 2026