ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)195-A-HR/195/2026/02
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 29 ޖަނަވަރީ 2026 12:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑެޕިއުޓީ ލީގަލް ކައުންސެލް، ޖުޑީޝަރީ (ވަގުތީ)

މަޤާމު

ޑެޕިއުޓީ ލީގަލް ކައުންސެލް، ޖުޑީޝަރީ (ވަގުތީ)

ޖޮބް ފެމިލީ

ލީގަލް، ކަލްޗަރަލް އެންޑް ސޯޝަލް ސަރވިސް

ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 8

މޭޖަރ ގްރޫޕް

މެނޭޖަރުން

ބޭނުންވާ ޢަދަދު

01 (އެކެއް)

މުއްދަތު

06 މަސް ދުވަސް

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

ޑިޕާޓްމަންޓް/ސެކްޝަން

ލީގަލް، ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

އަސާސީ މުސާރަ

 -/17,315 ރުފިޔާ

އެލަވަންސާއި އިތުރު ގަޑި

މަގާމުގެ އެލަވަންސް : -/9,920 ރުފިޔާ

ހާޒިރީ އިނާޔަތް: (ހާޒިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) -/270 ރުފިޔާ

މި މަޤާމަށް އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ހަމަޖެހިފައި ނުވެއެވެ.

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ދާއިރާތައް:

ލޯ، ޝަރީޢާ އެންޑް ލޯ

މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:

ޤާނޫނީ ދާއިރާގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތް

މަޤާމުގެ މަސްއޫލިއްޔަތު:

  1. މި ކޮމިޝަނުން ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހުށަހެޅޭ މައްސަލަތަކާއި މި ކޮމިޝަނަށް ރައްދުވާ މައްސަލަތަކާ ގުޅިގެން ޖަވާބުދާރީވުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުމާއި، ކޮމިޝަނުން ދަޢުވާކުރާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  2. މި ކޮމިޝަނުން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރަންޖެހޭ މައްސަލަތަކުގައި ވަކާލާތުކުރުން.
  3. ފަނޑިޔާރުންނާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ތަޙުޤީޤު ކުރަން ނިންމާ މައްސަލަތަކާގުޅޭ އެންމެހާ މަސައްކަތްތައް ކުރުން. (ތަޙުޤީޤު ކޮމިޓީގެ ލަފާގެ މަތިން ތަޙުޤީޤު ކުރިއަށް ގެންދިއުމާއި، ރިޕޯޓްތައް ލިޔެ އެކުލަވާލުން)
  4. ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަޙުޤީޤު ކުރާ ކޮމިޓީގެ ވަކީލެއްގެ ގޮތުގައި ހަމަޖެއްސުމުން ޤާނޫނާއި ޤަވާއިދުގައި ވަކީލަކު ފުރިހަމަ ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކުރުން.
  5. ހަވާލުކުރެވޭ ތަޙުޤީޤު ކޮމިޓީތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއެކު، ކޮމިޓީތަކުން ނިންމާ ނިންމުންތައް ކޮމިޝަނަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  6. ފަނޑިޔާރުންނާ ބެހޭގޮތުން ތަޙުޤީޤު ކުރެވޭ މައްސަލަތައް ދިރާސާކުރުމަށްޓަކައި ބޭނުންވާ މައުލޫމާތުތައް ކަމާބެހޭ އިދާރާތަކުންނާއި ފަރާތްތަކުން ސާފުކުރުން.
  7. ކޮމިޝަނުން އިދާރީ ހިންގުމަށް ބޭނުންވާ ކަންތައްތަކަށް ހަދާ އެގްރީމެންޓްތަކާ ކޮމިޝަނުން އެކިފަރާތްތަކަށް ދޭ ޖަވާބުތަކާއި ކުރާ މުޢާމަލާތުގައި ޤާނޫނީގޮތުން އެކަން އޮންނަންވާނެގޮތް ބަލައި އެގޮތުގެ މަތީން އެ މުޢާމަލާތްތައް ހިންގުމަށް ދޭންޖެހޭ ޤާނޫނީ ލަފާ އަދި އިރުޝާދު ދިނުމުގައި އެހީތެރިވުން.
  8. ކޮމިޝަނަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދުމާ ޢަމަލުކުރެވެމުންދާ ޤާނޫނާއި ޤަވާޢިދުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގައި ކޮމިޝަނަށް އެހީތެރިވުމާއި ޤަވާއިދު ކޮމިޓީގެ ސެކްޓްރެޓޭރިއަޓް ބެލެހެއްޓުން.
  9. މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސުޕަވައިޒަރުގެ ލަފާގެ މަތީން އިންތިޒާމްކޮށް ހަމަޖެއްސުން.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭމީހުންގެ އިޤްރާރު.
  2. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ރެފްރީގެ މައުލޫމާތު ފޯމް (ހަމައެކަނި ވަޒީފާ އަދާކޮށްފައިވާ/އަދާކުރަމުންދާ ފަރާތްތަކުން).
  5. ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ.
  6. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކު 1 ސެޕްޓެންބަރު 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

  7. ކުރުމުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ.

  8. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ނޯޓް: އިންޓަރވިއުއަށް ޝޯޓްލިސްޓްވީ ފަރާތްތަކުގެ ތެރެއިން ދަޢުލަތުގެ ވަޒީފާގައި އުޅޭ ފަރާތްތައް ނޫން ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު ޕޮލިސް ރިޕޯޓު އަދި ކުށުގެ ރިކޯޑް ފޯމު ފުރިހަމަ ކުރުމަށްފަހު ގެންނަންވާނެއެވެ.

މަޤާމަށް އެދި ހުށަހެޅުން

މަގާމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައި އެވަނީއެވެ.

https://apply.jsc.gov.mv

ސުންގަޑި

މި މަގާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ޖަނަވަރީ 29 ވާ ބުރާސްފަތު ދުވަހުގެ 12:00 އާ ހަމައަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން، އިޢުލާނުގެ މުއްދަތުގެ ތެރެއަށް ވަންނަ ގޮތަށް ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އިޢުލާނުގެ މުއްދަތުހަމަވާ ތާރީޚަށް އެ އަދަދަށް ދުވަސް އިތުރުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

  1. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޮމިޝަނުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.
  2. ފަހިރެސް ޕޯޓަލް މެދުވެރިކޮށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް އީމެއިލް  މެދުވެރިކޮށް ރިފަރެންސް ނަންބަރެއް ލިބޭނެއެވެ.
  3. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައި ވާނެއެވެ.
  4. މި އިޢުލާންގައިވާ މަޤާމަށް މީހަކު ނެގުމުގައި އަމަލުކުރާނީ "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ.
  5. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  6. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.   
21 ޖަނަވަރީ 2026