ނީލަން
ނަންބަރު: (IUL)HPL-CC/1/2026/2
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 02 ފެބުރުވަރީ 2026 14:00
ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ހިތަދޫ ފޯޓް ލިމިޑެޓް ވިޔަފާރި ބަނދަރުގައި ކްލިއަރ ނުކޮށް ގިނަދުވަސްވެފައިވާ މުދާ ނީލަން ކިޔުމާއި ބެހޭ

ރާއްޖެއަށް މުދާ އެތެރެކޮށް ހިތަދޫ ފޯޓް ލިމިޑެޓް ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ތިރީގައި ދެންނެވުނު މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
  2. ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން:

 

  • މުދާ ބެލުން : 29 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި

3. މުދާ ބެލުމަށް ނަން ނޯޓް ކުރުން: 29 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، އޮކްޝަން ޕޯޓަލް މެދުވެރިކޮށް މުދާ ބެލުމަށް ރިކުއެސްޓް ކުރަންވާނެއެވެ. އޮކްޝަން ޕޯޓަލް ލިންކް: https://auction.port.mv/

  • މުދާ ބެލުމަށް ޕޯޓު ސަރަހައްދަށް ވަދެވޭނީ ޕޯޓް ސޭފްޓީ މިންގަޑާއި އެއްގޮތަށް، ބޫޓާއި، ސޭފްޓީ ޖެކެޓް އަދި ހެލްމެޓް އެކުގައެވެ.

4. ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށެވެ.

5. ނީލަން ކިޔުން: 2026 ފެބުރުވަރީ 01 ވާ އާދިއްތަ ދުވަހުގެ 14:00  އިން 2026 ފެބުރުވަރީ 02 ވާ ހޯމަ ދުވަހުގެ 14:00 އަށް.

6. ނީލަމަށް އަގު ހުށަހެޅުން ބަންދުވުން: ނީލަމަށް އަގު ހުށަހެޅުން ބަންދުވާނީ، ނީލަމަށް އެންމެ ފަހުން ހުށަހަޅާ އަގު ހުށަހަޅާތާ 5 (ފަހެއް) މިނެޓްގެ ވަގުތެއް ދިނުމަށްފަހުއެވެ. އަދި އެ ފަސްމިނެޓް ތެރޭގައި އިތުރު އަގެއް ހުށަހަޅައިފިނަމަ ކުރިން ދިން 5 (ފަހެއް) މިނެޓްގެ އިތުރަށް ފަސްމިނެޓް އިތުރުވަމުން ގޮސް އަގެއް ހުށަނާޅާ އޮވެ ފަސްމިނެޓް ހަމަވުމުން ނީލަން ބަންދުވާނެއެވެ.

ސަމާލުކަމަށްޓަކައި :

  • މުދާ ނީލަން ކިޔުން ކުރިއަށް ގެންދެވޭނީ 07 ޖަނަވަރީ 2025 ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައިވާ(www.gazette.gov.mv/iulaan/322236)  މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ޤަވާއިދު ގެ ދަށުންނެވެ.

    މި ނީލަމުގައި ނުވިކޭ މުދާ ދެވަނަފަހަރަށް ނީލަން ކިއުމަށް އިއުލާން ކުރެވޭނީ އެމްޕީއެލްގެ އޮކްޝަން ޕޯޓަލް https://auction.port.mv/ ގައެވެ.    

21 ޖަނަވަރީ 2026