ބީލަން
ނަންބަރު: (IUL)367-AS/367/2026/4
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 25 ޖަނަވަރީ 2026 11:00
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ކޮޅުފުށީގައި އިމާރާތްކުރާ އެކޮމެޑޭޝަން ބްލޮކްގެ ވަށާފާރު އަދި މައި ދޮރާށީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މ.ކޮޅުފުށީގައި އިމާރާތްކުރާ އެކޮމެޑޭޝަން ބްލޮކްގެ ވަށާފާރު އަދި މައި ދޮރާށީގެ މަސައްކަތް މިކައުންސިލުން ދޭ މަޢުލޫމާތާއި އަދި ކުރެހުމާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

   މި ބިޑްގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއި އެއްހީރަސްކުރެވިފައިވާ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް 25 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން މި އިދާރާގެ އީމެއިލް އަށް ފޮނުއްވުމަށް ދެންނެވީމެވެ. މިގޮތުން ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބިޑްގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ބިޑް ފޯމް 25 ޖަނަވަރީ 2026 ވަނަ ދުވަހުގެ 14:00 ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 29 ޖަނަވަރީ 2026 ( ބުރާސްފަތި ) ދުވަހުގެ 11:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.  މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 ޖަނަވަރީ 2026 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާގެ އީމެއިލްއަށް ފޮނުއްވުންއެދެމެވެ.([email protected] ).

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

21 ޖަނަވަރީ 2026