ދިވެހިރާއްޖެ
ބ.އޭދަފުށީ ކުނިގޮޑުގައިހުރި ތަކެތި ތިލަފުށްޓަށް ގެންގޮސްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކުނިގޮނޑުގައި ހުރި ތަކެތި ތިލަފުށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)320-FNP/230/2015/47)ފ(12 އޮކްޓޫބަރު 2015) އިޢުލާނަށް އެއްވެސް ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކުނިގޮޑުގައި ހުރި ތަކެތި ތިލަފުށްޓަށް ގެންގޮސްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން |
ޕްރޮޕޯޒަލް ހުށަހެޅުން |
2015 ޑިސެންބަރު 03 (ބުރާސްފަތި) ދުވަހުގެ 10:00 އަށް. |
2015 ޑިސެންބަރު 14 (ހޯމަ) ދުވަހުގެ 13:00 އަށް. |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެއެވެ. އަދި، މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އެނގޭފަދަ ލިއުމަކާއެކުގައެވެ. ކުންފުންޏަކުންނަމަ، އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، އީމެއިލް އަދި ފެކްސްގެ ޒަރީޢާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ޞަފަރު 1437