މަސައްކަތް
ނަންބަރު: (IUL)141-P/141/2026/6
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 19:21
ސުންގަޑި: 03 ފެބުރުވަރީ 2026 10:30
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ދިވެހިރާއްޖެ
ކ. ދިއްފުށި ފުޓްބޯޅަދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް

                            އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު.

ކ. ދިއްފުށި ފުޓްބޯޅަދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

  •  މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން  24 ޖަނަވަރީ 2026 ވާ ހޮނިހިރު ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް "ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް 25 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހު ބީލަމާއި ގުޅޭ މައުލޫމާތުތަށް ހިއްސާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  •  ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:  https://forms.gle/PsaR3ip1xTVaijWE9
  •  ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 03 ފެބްރުއަރީ 2026 ވާ އަންގާރަ ދުވަހުގެ 10:30 ގައި މި މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ)ގައެވެ.

 

20 ޖަނަވަރީ 2026