ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، ރ.ދުވާފަރު އަންހެނުންގެ ތަރއްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބާއްވަން ހަމަޖެހިފައިވާ އަލިނޫރު މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންހެން އަދި ފިރިހެން ބޭފުޅުންނަށް އާންމުކޮށް ހުޅުވާލަމެވެ.
މި މުބާރާތް ކުރިޔަށް ދާނީ 2 ބަޔަކަށެވެ. އެއީ އިންފިރާދީ އަދި ގްރޫޕް މަދަހަ އެވެ. ޖުމްލަ 4 އުމުރުފުރާ ހިމެނޭނެއެވެ. އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 01 ޖަނަވަރީ 2026 އަށް ބައިވެރިޔާއަށް ފުރޭ އަހަރަށެވެ.
|
އުމުރުފުރާތައް |
|
16 އަހަރާއި 18 އަހަރު |
|
19 އަހަރާއި 25 އަހަރު |
|
26 އަހަރާއި 35 އަހަރު |
|
36 އަހަރުން މަތި |
މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރ.ދުވާފަރު ކައުންސިލް އިދާރާއަށެވެ. މިމުބާރާތުގެ އުޞޫލް މިއިއުލާނާއި އެކު ގެޒެޓް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބިވަޑައިގަންނަވާނީ ރ.ދުވާފަރު ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. ފޯމް ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 13:30 އަށް ކަމުގައި ދަންނަވަމެވެ.
މި މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީޚައަކީ 92 ޖެނުއަރީ 2026 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށްށެވެ .
01 ޝައުބާން 1447