ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2026/17
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 22:28
ސުންގަޑި: 25 ޖަނަވަރީ 2026 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ނ. ވެލިދޫގައި އޮންނަ ސީ އެމްބިއުލަންސްގެ ޑްރައިވަރާއި، ފަޅުވެރި މަޤާމަށް މުވައްޒަފުން ހޯދުން.

ނ.ވެލިދޫގައި އޮންނަ ސީ އެމްބިއުލަންސްގެ މިދަންނަވާ މަގާމުތަކަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ބޭނުންވެއެވެ.

މަގާމު:

ސީ-އެމްބިއުލަންސް ޑްރައިވަރު  (ނ.ވެލިދޫގައި އޮންނަ ސީ އެމްބިއުލަންސް)

ބޭނުންވާ ޢަދަދު

02 (ދޭއް)

މުސާރަ:

މަހަކު 9,620.00 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު 5,165.00 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ:

ސީ-އެމްބިއުލަންސް އޮޕަރޭޝަންސް އެލަވަންސްގެ ގޮތުގައި ދުވާލު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި  ދުވަހަކަށް 75.00 ރުފިޔާ އަދި ރޭގަނޑު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ރެއަކަށް 120.00 ރުފިޔާ ލިބޭނެއެވެ.

ނޯޓް: މި މަގާމަކީ ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު)ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މަގާމަކަށްވާތީ، އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.

މަގާމަށް އައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތަކާއި، މަސައްކަތުގެ ތަޖުރިބާ

1- ނިޔަމިކަމުގެ ސަނަދު 1 ނުވަތަ 2 ގެ ސެޓްފިކެޓް

2- ކަނޑުދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް B ކެޓަގަރީގެ ލައިސަންސެއް އޮތުން.

 

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު:

1- ލޯންޗުގެ ކަންތައްތައް ބެލެހެއްޓުމާއި ދަތުރުތަކުގެ ކަންކަން އިސްވެ ކުރުން.

2- ސީ އެމްބިއުލަންސް ޑްރައިވަރެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން.

މަގާމު:

ލޯންޗް ފަޅުވެރި ގްރޭޑް 1  (ނ.ވެލިދޫގައި އޮންނަ ސީ އެމްބިއުލަންސް)

ބޭނުންވާ ޢަދަދު:

2 (ދޭއް)

މުސާރަ:

މަހަކު: 8,100.00 ރުފިޔާ

މަގާމުގެ އެލަވަންސް

މަހަކު: 2,795.00 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ:

ސީ-އެމްބިއުލަންސް އޮޕަރޭޝަންސް އެލަވަންސްގެ ގޮތުގައި ދުވާލު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި  ދުވަހަކަށް 50.00 ރުފިޔާ އަދި ރޭގަނޑު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ރެއަކަށް 75.00 ރުފިޔާ ލިބޭނެއެވެ.

ނޯޓް: މި މަގާމަކީ ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު)ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މަގާމަކަށްވާތީ، އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.

މަގާމަށް އައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތަކާއި، މަސައްކަތުގެ ތަޖުރިބާ

1- ގްރޭޑް 7 ނިންމާފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއިން 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ލިޔަންކިޔަން އެނގުމާއެކު މަގާމުގެ މަސައްކަތު ދާއިރާއިން 8 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު:

1- އުޅަނދުގެ ދަތުރުކުރާއިރުގައާއި ފަޅުގައި އަޅާފައި އޮންނައިރު ލޯންޗް ބެލެހެއްޓުން.

2- ކޮންމެ ދަތުރެއް ނިމުމުން އުޅަނދުގައި ފެންފޮތިލާ ފޮހެ ސާފުކުރުން.

3- ޑްރައިވަރު އަންގާގޮތެއްގެ މަތިން އުޅަނދުގެ އެންމެހާ މަސައްކަތްތައް ކުރުން.

4- ޑްރައިވަރު އަންގާގޮތެއްގެ މަތިން އުޅަނދުގެ ފެހި ބޯވިޔަނުދީ ފެހިކެހުން.

ޢާއްމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢާއްމުކޮށް މަސައްކަތްކުރަންޖެހޭނީ އެ ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައެވެ.

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2026 ޖަނަވަރީ 25 ވާ އާދީއްތަ ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް ދިފާޢީ ވުޒާރާ އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

 

30 ރަޖަބު  1447

 

18 ޖަނަވަރީ 2026