މަސައްކަތް
ނަންބަރު: (IUL)317-PP/317/2026/2
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 04 ފެބުރުވަރީ 2026 11:00
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ދޮންފަނުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދުން

މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ބ.ދޮންފަނުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު  ކައުންސިލްގެ އީމެއިލް  [email protected] އަށް ފޮނުއްވައިގެން ނުވަތަ މިއިދާރާއަށްދުރުވެ، ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މިބީލަމާއިގުޅޭ އިތުރު މައުލޫމާތު ބީލަމުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށް އީމެއިލްއިން ހިއްސާކުރެވޭނެއެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު:

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 28 ޖެނުއަރީ 2026 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް
  • ބީލަން ހުށަހެޅުން: 04 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 11:00 ގައި ބ.ދޮންފަނު ކައުންސިލް އިދާރާގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއްހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4005054 ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

19 ޖަނަވަރީ 2026