ދިވެހިރާއްޖެ
އިޢުލާން
1447 އަހަރުގެ ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ޙާފިޒުންގެ ހުރުމާއި ކެއުން ހަމަޖައްސައި ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
1447 އަހަރުގެ ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ދެ ޙާފިޒުންގެ ހުރުމާއި ކެއުން ހަމަޖައްސައި ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ރަޖިސްޓްރީ ކުރުން |
19 ޖެނަވަރީ 2026 އިން 25 ޖަނަވަރީ 2026 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރު ފަހު 12:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
25 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
|
އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
27 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 13:30 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
1- އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.
2- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ އީމެއިލް: [email protected]