ދިވެހިރާއްޖެ
މި އަހަރުގެ ފެބްރުއަރީ 12 އިން 14 އަށް އިންޑިއާގެ ނޮއިޑާގައި "14 ވަނަ ގްލޯބަލް ފެސްޓިވަލް އޮފް ޖާނަލިޒަމް އެންޑް އޭ.ވީ.ޖީ.ސީ" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ދެއްވާފައެވެ. މި ފެސްޓިވަލުގައި ދުނިޔޭގެ އެކި ޤައުމުތަކުން ޑޮކިއުމެންޓްރީ އަދި އެނިމޭޝަން ފިލްމުތައް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިއިވެންޓްގައި ބައިވެރިވުމަށް ދިވެހި ޑޮކިއުމެންޓްރީ ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކާއި ފިލްމު އުފައްދަ ފަރާތްތަކާއި ނޫސްވެރިންނަށް އެފަރާތުން ވަނީ ދަޢުވަތު ދެއްވާފައެވެ.
ވީމާ، މި ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅަން ބޭނުންވާ ޑޮކިއުމެންޓްރީ، އެމް.ޕީ4 ފޯމެޓްގައި [email protected] އަށް ލިންކް މެދުވެރިކޮށް ފޮނުއްވުމަށް ނުވަތަ، ޕެން/ޑްރިވް/ޑީވީޑީ އިން ފޮނުއްވުމަށް ބޭނުންވާނަމަ ތިރީގައިވާ އެޑްރެސް އަށް ފޮނުއްވުމަށްފަހު މިސެންޓަރުގެ މެއިލް އެޑްރެސް [email protected] އަށް އެ މަޢުލޫމާތު ހިއްސާކޮށްދެއްވުން އެދެމެވެ.
Mr. Rajiv Mathur
Marwah Studios, FC 14/15
Film City, Sector 16A
Noida 201 301
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސެންޓަރުގެ ނަންބަރު 3336868 އާއި ގުޅުއްވުން އެދެމެވެ.