ދިވެހިރާއްޖެ
2026 ވަނަ އަހަރު ތުރުކިއޭގެ އެކި ސްޓޭޓްތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޓާރކިޝް ސްޓޭޓް ތިއޭޓަރސް ފެސްޓިވަލްތަކުގެ ތެރޭގައި ހިމެނޭ ކޮންޔާ 18 ވަނަ "އަ ތައުސަންޑް ބްރީތްސް، ވަން ވޮއިސް" އިންޓަރނޭޝަނަލް ތިއޭޓަރ ފެސްޓިވަލް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ.
އެގޮތުން މިފެސްޓިވަލްގައި ބައިވެރިވުމަށް ފައިނަލް އެކްސެޕްޓެންސް އަދި އިންވިޓޭޝަން ލެޓަރ ފޮނުވުމަށް ހަމަޖެހިފައިވަނީ އިންތިޒާމްކުރައްވާ ފަރާތުން އެކުލަވާލާ ކޮމިޓީއަކުން އިވެލުއޭޓްކުރުމަށް ފަހުގައެވެ. އަދި މި މިފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކަށް ލޯކަލް ހޮސްޕިޓަލިޓީ ހަމަޖައްސައިދެއްވާނީ އިންތިޒާމް ކުރައްވާ ފަރާތުންނެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ އަދި އެހެނިހެން ޚަރަދުތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންނެވެ.
ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 15 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމް އަދި ސަޕޯޓިންގ މެޓީރިއަލްސް [email protected] އަށް މެއިލް ކުރައްވާ [email protected] އަށް ކޮޕީ ކުރެއްވުން އެދެމެވެ.