ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: IUL334/334/2015/103
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:16
ސުންގަޑި: 10 ޑިސެންބަރު 2015 13:30
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
23 ޑިސްޓްރިބިއުޝަން ފޮށި ވިއްކާނެ ފަރާތެއް ހޯދަން

ކ.ހުރާ ރައްޔިތުންގެ އިންޖީނުގެއަށް ބޭނުންވާ ކޮމްޕްލީޓް ކުރެވިފައިވާ 23 ޑިސްޓްރިބިއުޝަންފޮށި ހުރާ ކައުންސިލަށް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ރަށު ރައްޔިތުންގެ އިންޖީނުގެއަށް ބޭނުންވާ 23 ޑިސްޓްރިބިއުޝަން ފޮށި ވިއްކާނެ ފަރާތެއް ހޯދުމަށް އެދި މި ކައުންސިލުން ކޮށްފައިވާ ނަންބަރު: IUL334/334/2015/90 އިޢުލާނަށް ކުރިމަތިލާފައިވަނީ ދެ ފަރާތަކުން ކަމަށްވާތީ އެ އެއިޢުލާން ވަނީ ބާޠިލު ކުރެވިފައި ކަމުގައި ދަންނަވަމެވެ.

މިރަށު ރައްޔިތުންގެ ގޮތުގައި މިކައުންސިލުން ދެމުންގެންދާ ކަރަންޓް ޚިދުމަތް ތަރައްޤީކޮށް ފުޅާ ކުރުމުގެ ދެވަނަ ފޭސްގެ މަޝްރޫޢުގެ ދަށުން ކޮމްޕްލީޓް ކުރެވިފައިވާ 23 ޑިސްޓްރިބިއުޝަންފޮށި ހުރާ ކައުންސިލަށް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، 10 ޑިސެންބަރު 2015 ވަނަ ދުވަހުގެ 13:30ގައި މަޢުލޫމާތު ސާފުކުރުން މި އިދާރާގައި އޮންނާނެއެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ބިޑް ހުށަހަޅާނެ ދުވަހެއް ކަނޑައެޅޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުންވާނީ 7993018/6640074 ނަންބަރު ފޯނާއެވެ.

މި ކައުންސިލުން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސާހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏަކުން ބަދަލުގައި މީހަކު ފޮނުއްވަވާނަމަ ކުންފުންޏެއްގެ ފަރާތުން ފޮނުވި މީހެއްކަން ބަޔާންކުރައްވާ ކުންފުނީގެ ލެޓަރހެޑްގައި ލިޔުއްވާފައިވާ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޞަފަރު 1437

30 ނޮވެންބަރު 2015