ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)449/449/2026/4
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 22 ޖަނަވަރީ 2026 13:30
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ޑިރެކްޓަރ، ހެލްތްކެއަރ އެޑްމިނިސްޓްރޭޝަން (ހިއުމަން ރިސޯސް)

އިޢުލާން

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ޑިރެކްޓަރ، ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން (ހިއުމަން ރިސޯސް)

މަޤާމުގެ ނަންބަރު

       J-432960

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕީ.އެސް.އާރް 9 - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ކޯޕަރޭޓިވް އެފެއަރސް / ހިއުމަން ރިސޯސް އެންޑް ޓްރެއިނިންގ

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް، އޮރެންޖުހިޔާ، ހުޅުމާލެ

މުސާރަ

-/16080 ރުފިޔާ

މަޤާމުގެ އެލަވަންސް

-/7505 ރުފިޔާ

ހާޟިރީ އެލަވަންސް

-/205 ރުފިޔާ (ހާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކާއި އެއްގޮތަށް (01 ނޮވެންބަރު 2025ގެ އިސްލާހާއި) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކަމާގުޅޭ ޤާނޫނާއި އަދި ޤަވާޢިދާއި އަދި އިދާރާގެ މެންޑޭޓާ އެއްގޮތަށް، ޑިރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސާރވިސަސް ހަވާލު ކުރާ އިދާރީ އަދި ފަންނީ ކަންކަމުގެ އިންތިޒާމުތައް ލިޔެކިޔުމުން ވިލަރެސްކުރުމާއި، ޖަވާބުދާރީވުމާއި، އަދި ތަންފީޒުކުރުމުގައި އިސްކޮށް އެހީތެރިވެ ގިނަވަގުތު މަސައްކަތުގައި ހޭދަކުރުމާއި އެކު އޮންކޯލްގައި ވެސް ހަރަކާތްތެރިވުން.
  1. އިދާރީ އޮނިގަނޑަށް އަންނަ ބަދަލުތައް ސީ.އެސް. ވިއުގަ އިން އަދާހަމަކުރުމާއި، މަޤާމްތަކަށް އަންނަ ބަދަލުތައް އަދާހަމަކޮށް ބެލެހެއްޓުމާއި، މުވައްޒަފުންގެ ރެޖިސްޓްރީ އަށް އަންނަ ބަދަލުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕާރސަނަލް ރިކޯޑް ފައިލްތައް އަދާހަމަކޮށް ބެލެހެއްޓުމާއި، މުވައްޒަފުންނާއި ގުޅޭ ކަންކަން ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ކުރުމާއި، ހިއުމަން ރިސޯސް ސެކްޝަންގެ އެންމެހައި މަސައްކަތްތައް ޑިރެކްޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން ވިލަރެސްކޮށް އަދި އިންތިޒާމްކޮށް ބެލެހެއްޓުން.
  1. ކޮންމެ މަހެއްގެ 16 ވަނަ ދުވަހުގެ ކުރީން މުވައްޒަފުންގެ މުސާރައާއި ގުޅިގެން މުވައްޒަފުންގެ ހާޟިރީގެ މަސައްކަތް ސޮފްޓްވެއަރ މެދުވެރިކޮށް ނިންމުމާއި، ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރީން ކެޕްލަރ  ޝީޓް، މުސާރަ ޝީޓް، ސެޕް ޝީޓް ނިންމުމާއި، ކޮށާރު ޕޯރޓަލް މެދުވެރިކޮށް ޕެންޝަން ނިންމުމާއި، ސެޕް އަޕްޑޭޓް ކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކޮށް، މުސާރަ ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމާއި އަދި ކުރުވުން.
  1. ހުސްވާ މަޤާމްތަކަށް ބަނޑޭރި ޕޯރޓަލް މެދުވެރިކޮށް ހުއްދަ ހޯދުމާއި، ސިވިލް ސާރވިސްގެ ޤަވާޢިދާއި އުސޫލުތަކާ އެއްގޮތަށް އިޢުލާން ކުރުމާއި، ސްކްރީން ކުރުމާއި، އިންޓަރވިއު ކަންކަން ހަމަޖެއްސުމާއި އަދި ވަޒީފާ ހަމަޖެއްސުމަށް ބޭނުންވާ މަސައްކަތް ކުރުމާއި، މުވައްޒަފުން ވަޒީފާއަށް އައްޔަން ކުރުމަށް ކުރަންޖެހޭ ރެކްރޫޓްމަންޓާއި ގުޅުންހުރި މަސައްކަތްތައް ހުއްދަ ހޯދައިގެން ކުރުމާއި އަދި ކުރުވުން.
  1. އަލަށް ގުޅޭ މުވައްޒަފުންގެ ޕްރޮބޭޝަން ފޯމްތައް ސުޕަރވައިޒަރުންނާ ހަވާލުކުރުމާއި، އިދާރީ އުސޫލުތައް ލިޔުމުން އެންގުމާއި، މުވައްޒަފު ވަޒީފާ ލިބޭތާ 2 މަހާއި 15 ދުވަހުގެ ތެރޭގައި އެފޯރމު އެޗް.އާރ.އަށް ހޯދާ، އިދާރާގެ ވެރިޔާގެ ގެ ސޮއި ހޯދުމަށްފަހު ސީ.އެސް ވިއުގަ އަށް އަޕްލޯޑް ކުރުމާއި، ކަމާގުޅޭ އެންމެހައި މަސައްކަތް ނިންމުން.
  1. އިދާރާގެ ވެރިޔާގެ ހުއްދައާއެކު، ސީ.އެސް ވިއުގައިން އަދާހަމަ ކުރަންޖެހޭ ކަންކަން، މުވައްޒަފުންގެ ވަޒީފާ ގެ މަސްއޫލިއްޔަތުތަކާއި، ވަޒީފާ ބަޔާނާއި، ވަޒީފާގެ އެއްބަސްވުމާއި، މުވައްޒަފާއި ގުޅޭ ވިއުގަ އަށް އަދާހަމަކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް، އެންޓްރީކޮށް އަދާހަމަ ކުރުމާއި އަދި ރިކޯޑްތައް ބެލެހެއްޓުން.
  1. ސްޓެޕް ޕްރޮމޯޝަން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް އުސޫލާއި ގަވައިދުގެ ތެރެއިން ފުރިހަމަކުރުމާއި، ޕްރޮމޯޝަނާ ގުޅޭ ޝަކުވާ ތަކަށް ޖަވާބުދާރީ ވުމަށް ކުރަންޖެހޭ މަސައްކަތްތައް ގަވައިދުން ފުރިހަމަކުރުމަށްޓަކައި ޒިންމާދާރު ވެރިޔާއަށް ރިޕޯރޓްކުރުން އަދި އިރުޝާދު ހޯދައިގެން މަސައްކަތް ނިންމުން.
  1. ކޮންމެ މަހެއްގެ 16 ވަނަ ދުވަހުގެ ކުރީން މުވައްޒަފުންގެ ހާޟިރީ އާއި ސޮފްޓްވެއަރ އަދި މެނުއަލްކޮށްވެސް މުވައްޒަފުންގެ ހާޟިރީގެ މައްސަލަތައް ހައްލުކޮށްދިނުމާއި، ހާޒިރީއާ ގުޅޭ އުސޫލުތަކަށް އަމަލުކުރުމާއި، ކުރުވުން، އިދާރާގެ މުވައްޒަފުންގެ ޗުއްޓީ އާއި، ސަލާމާއި، ޑިއުޓީތަކުގެ މައްސަލަތައް ހައްލު ކޮށްދިނުމަށް ވިލަރެސްކުރުމާއެކު ޖަވާބު ދިނުމާއި މި މަސައްކަތަށް އިސްކަން ދީގެން ވަގުތުގެ ކުރީން ކޮންމެ ދުވަހަކު ނިންމުމުގައި ޒިންމާދާރު ވެރިޔާގެ އިރުޝާދު ހޯދައިގެން އިސްނެގުމާއެކު ފުރިހަމަކުރުން އަދި ޒިންމާވުން.
  1. އިދާރާގެ މުވައްޒަފުންގެ ތަމްރީން ތަކާ ގުޅިގެން ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، ތަމްރީން ލިސްޓުތައް އަޕްޑޭޓް ކުރުމާއި، ތަމްރީން ފޯރުކޮށްދޭ ފަރާތްތަކުން ހިއްސާ ކުރާ ޓްރޭނިންގް ޝެޑިއުލް އަދި ފުރުޞަތު ޚިއްސާ ކުރުމާއި، ތަމްރީންތަކަށް ތަކަށް މުވައްޒަފުންގެ ނަން ފޮނުވުމުގެ މަސައްކަތް ކުރުމާއި އަދި ހާޒޒިރުވިކަން ޔަގީންކުރުމާއި، ޓްރޭނިންގް ރިކުއަރމަންޓް އެކުލަވާ ލުމާއި، ޓްރޭނިންގް ނީޑް އެސެސްމަންޓް އެކުލަވާލުމުގެ މަސައްކަތްތައް ކުރުމާއި އަދި ކުރުވުން.
  1. އުސޫލާއެއްގޮތަށް އިދާރާގެ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިސަލް ކޮންމެ މަހަކުވެސް ނިންމަން ޖެހޭ ވަގުތައް ނިންމާފައިވޭތޯ ޔަޤީން ކުރުމާއި، ޓާރގެޓްތައް އެޅުވުމާއި، ޕާރފޯމަންސް އެޕްރައިސަލްތައް ނިންމުމަށް އެންމެހައި ސުޕަރވައިޒަރުންނަށް އިރުޝާދު ދިނުމާއި، އެޕްރައިސަލް ފޯމްތައް ކޮންމެ މަހަކު އަދި މުއްދަތަށް ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ފުރިހަމަކުރުމާއި އަދި ކުރުވުން.
  1. އިދާރާގެ ހިއުމަން ރިސޯސްއާ ގުޅިގެން ހަދަންޖެހޭ އެސް.އޯ.ޕީތަކުގެ ޑްރާފްޓް ތައްޔާރުކޮށް ހުއްދަ ހޯދުމާއި، އިންސާނީ ވަސީލަތާ ގުޅޭ އެސް.އޯ.ޕީ ތަކަށް އިދާރާގެ ސުޕަވައިޒަރުންނާއި އަދި މުވައްޒަފުން އަހުލުވެރި ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، މުވައްޒަފުން ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި ކުރުމަށް ކުރަންޖެހޭ  މަސައްކަތްތައް ކުރުން.
  1. އިދާރާގެ ވެރިޔާގެ ހުއްދަ ހޯދުމާއެކު މުވައްޒަފުން ކުރާ ކުށްތަކާ ގުޅޭގޮތުން، މައްސަލަތައް ސިވިލް ސަރވިސް ޤަވާޢިދާއި އެއްގޮތަށް، މައްސަލަތައް ބެލުމާއި، ސުޕަވައިޒަރުން މެދުވެރިކޮށް ތަންފީޒު ކުރުމާއި، އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން، މޮނީޓަރކުރުން، ލިޔުމުން ރިޕޯރޓްކުރުން އަދި ކުރުވުން.
  1. އިދާރާގެ އެކިއެކި ރިޕޯރޓްތަކާއި އަދި އަހަރީ ރިޕޯރޓް ތައްޔާރު ކުރުމަށް ބޭނުންވާ ހިއުމަން ރިސޯސާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށް ދިނުމާއި، އަހަރީ ބަޖެޓް ތައްޔާރު ކުރުމުގައި މުވައްޒަފުންގެ މުސާރަ އާއި މަޤާމްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ހަވާލު ކުރެވޭ މަސައްކަތްތަކާއި ގުޅޭ ބަޖެޓް އަންދާޒާ، އަހަރީ ރިޕޯރޓް، މަހު ރިޕޯރޓް އަދި މަސައްކަތާއި ގުޅޭ ޔައުމިއްޔާ ލިޔެ ފުރިހަމަ ކުރުމާއި، މަޢުލޫމާތުގެ ސައްޚަކަން ކަށަވަރު ކުރުމާއި އަދި ދެވިފައިވާ ޓައިމްލައިނަށް ހުށަހަޅާ ހުއްދަ ހޯދުން.
  1. އުސޫލާއެއްގޮތަށް މުވައްޒަފުން ވަޒީފާ އިން މުސްކުޅި ކުރުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ކަމާއި ގުޅިގެން ސީ.އެސް. ވިއުގަ އަށް އަދާހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް އަދާހަމަކުރުން.
  1. ޑިއުޓީތަކާއި އަދި ހާޒިރީއާ ގުޅޭގޮތުން ހަމަހަމަ، ހަރުދަނާ އަދި ދެފުށްފެންނަ ނިޒާމެއްގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހަމަޖައްސައި، އިރުޝާދު ދިނުމާއި، ޒިންމާދާރު ވެރިޔާގެ ހުއްދަ ހޯދުމާއެކު، ފުރިހަމަ ކުރުމާއި އަދި ކުރުވުން.
  1. ސުޕަވައިޒަރު ހަވާލުކުރުމުން ހަވާލުކުރާ ފެންވާރައި އަދި މިންވަރަކަށް، އިދާރާއަށް ލިބޭ އަދި ފޮނުވާ އެންމެހައި ރަސްމީ ލިޔެކިޔުން ހަމަޖެހިފައިވާ ނިޒާމެއްގެ ތެރެއިން ބަލަހައްޓުމާއި، ލިޔެކިޔުމުގެ ރައްކާތެރިކަމާއި އަދި ސިއްރު ހިފަހައްޓަން ބޭނުންވާ އިންތިޒާމު ހަމަޖައްސައި، އިދާރާގެ ސީނިއަރ މެނޭޖްމަންޓް ބައްދަލުވުމާއި އަދި ބައްދަލުވުންތައް ޤަވާޢިދުން އިންތިޒާމުކޮށް، އިދާރާގެ އެންމެހައި ލިޔެކިޔުންތައް ޑްރާފްޓް ތައްޔާރުކޮށް ހުއްދައަށް ފޮނުވުމާއި، ބަލައިގަތުމާއި، ޔައުމިއްޔާކުރުމައި، ރިޕޯރޓް އެކުލަވާލުމާއި، އަދާހަމަ ކުރުމާއި، އަދި ވަކި ތަރުތީބަކުން ލިޔެކިޔުންތައް ބެލެހެއްޓުމުގެ މަސައްކަތްކޮށް، އިދާރާގެ އެހެނިހެން ޑިޕާރޓްމަންޓް ތަކާއެކު އެއް އިންތިޒާމަކަށް އަމަލުކުރާކަން ކަށަވަރުކޮށް މި މަސައްކަތުގައި ފުރިހަމައަށް ޒިންމާވުން.
  1. ޞިއްޙީ ޚިދުމަތްދިނުމާއި އަދި ޞިއްޙީ ޚިދުމަތްތެރީންގެ ޤާނޫނުތަކާއި އަދި ޤަވާޢިދުތަކުގައި، ޞިއްހީ ޚިދުމަތް ތެރިންނާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާކަމަށް ކަނޑައަޅާފައިވާ، މެޑިކަލް ލައިސަންސް، ޕްރެކްޓިސް ލައިސަންސް އަދި ރަޖިސްޓްރީ މިނިސްޓްރީ އޮފް ހެލްތާއި އަދި ކަމާބެހޭ އިދާރާތްތަކާއި އަދި ކައުންސިލްތަކުގައި ކުރުމާއި، ރެޖިސްޓްރޭޝަނާއި އަދި ޕްރެކްޓިސް ލައިސަންސް ތަކުގެ ތަފްސީލް ރިކޯޑް އަދި ލިޔުންތައް އަދާހަމަކޮށް ބެލެހެއްޓުމާއި، މިފަދަ ލައިސަންސްތައް އައު ކުރުމަށް ބޭނުންވާ ހުއްދަ ދިނުމާއި، ލައިސަންސް ގެ މުއްދަތު ހަމަ ވުމުގެ ކުރިން ލައިސަންސް އައު ނުކުރާ މުވައްޒަފުން އޮފީހަށް ނުކުތުން މަނާ ކުރުމާއި، އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު އިސްލާހީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް، ސުޕަރވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
  1. ޑިރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސާރވިސަސް ހަވާލުކުރާ އެހެނިހެން ފަންނީ އަދި އިދާރީ މަސައްކަތްތައް ފުރިހަމަކުރުން.
  1. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް އަދި ސިއްޚީ އެމަރޖަންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން. 

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން. އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން. ނުވަތަ؛
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ؛
  3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ހިއުމަން ރިސޯސް މެނޭޖްމަންޓް
  • ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން
  • ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން 

މަޤާމުގެ ކޯ ޑިސިޕްލިން:

  • ހިއުމަން ރިސޯސް މެނޭޖްމަންޓް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

ގުޅޭ ވަޒީފާގެ ދާއިރާ

  • ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 22 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނު، އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އޮންނާނީ، 2026 ޖަނަވަރީ / ފެބްރުވަރީ މަހު މޯލްޑިވިއަން ބްލަޑް ސާރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]  އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350155 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

18 ޖަނަވަރީ 2026