ދިވެހިރާއްޖެ
(IUL)276/276/2026/2ނަމްބަރ:
އިޢުލާން
ޕްރީސުކޫލްހިންގާ އިމާރާތުގެ މަރާމާތު މަސައްކަތްކުރުމާއިގުޅޭ
މި އިދާރާއިން ހިންގަމުންދާ ޕްރީސުކޫލް އިމާރާތުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތްތަށްކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް،ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 20 ޖަނަވަރީ 2026ގެ 12:00 ކުރިން ބީލަމުގައި ރަޖިސްޓްރީވެ ތިރީގައި މިދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގެ މައުލޫމާތު ކަރުދާސް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް 21 ޖަނަވަރީ 2026 ގެ 14:00 ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. ބީލަން ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
|
# |
|
ތަން |
ތާރީހް |
ގަޑި |
|
1 |
ބީލަމުގައި ރަޖިސްޓްރީވުމަށް
|
ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ލިންކް: https://forms.gle/bXzsZMJYqYjf8yyh7 |
18 ޖަނަވަރީ 2026 ފެށިގެން 20 ޖަނަވަރީ 2026 |
12:00 |
|
2 |
ބީލަމުގެ މައުލޫމާތު ސެޝަން |
ށ.ބިލެތްފަހި ކައުންސިލް އިދާރާގެ މީޓިން ރޫމް |
22 ޖަނަވަރީ 2026 |
13:00 |
|
3 |
ބީލަމުގެ މައުލޫމާތު ކަރުދާސް ފޮނުވުން |
ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މައުލޫމާތޫ ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވާދެވޭނެއެވެ. |
21 ޖަނަވަރީ 2026 |
14:00 ކުރިން |
|
4 |
ބީލަން ހުށަހެޅުން |
ށ.ބިލެތްފަހި ކައުންސިލް އިދާރާގެ މީޓިން ރޫމް |
02 ފެބުރުވަރީ 2026 |
10:00 |
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6540047 ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން ސާފުކޮށްދެވޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
29 ރަޖަބް 1447
18 ޖަނަވަރީ 2026
އަބްދުﷲ ޒިޔާދު
ކައުންސިލްގެ ރައީސް